ލިޔުންތެރިޔާ
މަދީހާ
މަދީހާ
1 : ލިޔުނު ވާހަކަ
7 : ލައިކްސް
3 : ކޮމެންޓު
ލިޔުންތެރިޔާގެ އިތުރު ލިޔުންތައް
އިތުރު ލިޔުމެއް ނުފެނުނު!

އިރު އޮއްސުމުން (1) ވަނަ ބައި

1 ވަނަ ބައި (ނުނިމޭ)
15 ޖުލައި 2015
2
ބިރުވެރި
މިވާހަކައަކީ އަޅުގަނޑު ލިޔެފައިވާ ހިޔާލީ ވާހަކައެކެވެ. އެހެންނަމަވެސް އެހެންވާހަކައަކާ އެއްގޮތް ކަމެއް ހުރުމާއި މިއީ އަޅުގަނޑު ލިޔުނު ފުރަތަމަވާހަކައައްވީތީ ކުށް ބަސްހުރުމަކީ އެކަށީގެންވާ ކަމެކެވެ. އަދި ތިޔަ ކިޔުންތެރިންގެފަރާތުން ލިބޭ ފާޑުކިޔުމަކީ އަޅުގަނޑަށް ލިބޭ ކުރިއެރުމެއްކަމައްދެކެމެވެ.

ރަމްޝާ އިނީ އަތިރިމަތީގައި ބިޔަކޮން ހެދިފައިހުރި ގަހެއްގެދޮށުގާ އިށީނދެލައިގެންނެވެ. އެއީ އިރު އޮއްސެމުންދިޔަ ވަގުތު ކަމުން މުޅިތަނަށް ވަނީ އަނދިރިކަމާ ހަމަހިމޭންކަން ވެރިވާން ފަށާފައެވެ. އަނދިރި ވުމުގެ ކުރިން މަންޒިލައް ވާސިލް ވުމައްޓަކާ ކޮޅުކޮޅުމައްޗައް އުދުހެމުން ދިޔަ ކާޅާ ކޮވެލީގެ އަޑު ނޫން އިތުރު އެއްވެސް އެއްޗެއްގެ އަޑެއް ނީވެއެވެ. އުޑުމަތިވަނީ ރަތްވިލާތަކުން ބައްދާލާފައެވެ. އެމަންޒަރު ސިފަވަމުން ދިޔައީ މޮޅު ކުރެހުންތެރިޔަކު ކުރަހާލާފައިވާ ރީތި މަންޒަރެއްގެ ގޮތުގައެވެ.
އެއްވެސް ފޫހި ކަމެއްނެތި އެމަންޒަރައް ބަލަހައްޓައިގެން އިން ރަމްޝާ އައް ސިހުން ލިބުނީ އުދަރެސް ކައިރިން ކަނޑުގެ ލޮނުގަނޑަށް އެއްޗެއް ވެއްޓުނުހެން ހީވެގެންނެވެ. އޭރު މުޅި ތަނައް ވަނީ ފުން އަނދިރިކަން ވެރިވެފައެވެ. އެ އަނދިރި ކަމުގެ ތެރޭން އެއީ ކޮން އެއްޗެއްކަން ވަކިކުރާކައް ރަމްޝާ އަކައް ނޭންގުނެވެ.
ރަމްޝާ ގަޑި ބަލާލުމައްފަހު ގެއައް ދާން ހިނގައިގަތެވެ. ކުއްލިއަަކައް މޫސުމް ބަދަލުވެއްޖެއެވެ. ޖެހެމުން ދިޔަ މަޑުމަޑު ވައިރޯޅިތައް ބާރުވެއްޖެ އެވެ. މީގެ ކުޑަ އިރުކޮޅެއް ކުރިން އުޑު މަތީގައި ފެތުރިފައޮތް ރަތް ވިލާތައް ކެހިގެންގޮސް ކަޅުފުސް ވިލާ ތަކުން ބައްދާލައިފިއެވެ. ހީވަނީ ހަމަ ދެންމެދެންމެ ވިއްސާރަ ވެހިގައިން ފާނެހެންނެވެ.

ރަމްޝާގެ ހިނގުން ކުރިއައްވުރެން ބާރުކޮއްލިއެވެ. ވިއްސާރަ ވެހުމުގެ ކުރިން ގެއައް ދެވޭތޯއެވެ. އަވަސް ފިޔަވަޅުތަކެއް އަޅަމުން ގޮސް ރަމްޝާ ގެއައް ވައިން އިރު ރަމްޝާގެ މަންމަ ނަޝީދާ ރަމްޝާގެ އިންތިޒާރުގަ އިނެވެ.
"މަންމަ ބުނަމެއްނު ތަންކޮޅެއް އަވަހައް ގެއައް އަންނާށޭ... ކޮންމެ ދުވަހަކު އެއްގަޑި އަކައް އަތިރި މައްޗައް ނުދަށޭ..!" ނަޝީދާ ރަމްޝާ އައް ވިސްނާދޭފަދަ ރާގެއްގަ ބުނެލިއެވެ
"މަންމާ...! މަންމަ ތިހީކުރާ ކަހަލަ ކަމެއް އިރާދަކުރެއް ވިއްޔާ ނުވާނޭ..." ރަމްޝާ ނަޝީދާ ކައިރީ ސޯފާގައި އިށީންނަމުން ބުނެލިއެވެ.
"ކަމެއްވާނީ ބުނެފައެއް ނޫން.. އަދި ތިދަނީވެސް އިރު އޮއްސޭ ވަގުތު.. އަންހެން ކުދިން އުޅެން ޖެހޭނީ ވަރައް ވިސްނައިގެންނޭ ދަރިފުޅާ.. ދަރިފުޅައް ވިސްނޭނީީ ކޮންއިރަކުންބާއޭ މަންމަ ހިތައް އަރާ...!" ކޮންމެ ދުވަހަކުވެސް ނަޝީދާ މިގޮތައް ރަމްޝާ އައް ވިސްނާދެއެވެ.
"ދެން މަންމާ.. އަނެއްކަ މިރޭވެސް ތިވާހަކަ ނުދައްކަބަލަ.. ދެން ނުދާނަމޭ.. އޯކޭ.. ކޮބާތަ ދޮންބެ..؟" ރަމްޝާ އެއްބަސްވަމުން ދޮންބެ ކޮބާތޯ ސުވާލުކުރިއެވެ.
"އަދިނާދޭ ގެއަކައް.. ރަމްޝާ ދޭ ފެންވަރައިގެން ނަމާދު ކޮއްގެން އަންނަން. މަންމަ މިދަނީ ބަދިގެއައް.."
ރަމްޝާ ކޮޓަރިއާ ދިމާލައް ހިނގައި ގަތެވެ. ކޮޓަރީ ދޮރު ހުޅުވުމާއެކު ޖެހިލި ފިނިފިނި ވައިރޯޅިއެއްގެ ސަބަބުން ރަމްޝާގެ މުޅި ގައިން ހީބިހި ނަގައިގެންދިޔައެވެ. މުޅިމީހާ ތުރުތުރު އަޅައިގެން ދިޔައެވެ. ކޮޓަރީ ދޮރު ލައްޕާލުމައްފަހު ކުޑަދޮރާ ދިމާލައް ރަމްޝާ ހިނގައިގަތެވެ. ކުޑަދޮރުން ބޭރު ބަލާލުމާއެކު ފެނުނު މަންޒަރުން ރަމްޝާ ހައިރާވިއެވެ. މިހާރު އުޑު މަތީގައި އެންމެ ވިލާ ކޮޅެއްވެސް ނެތެވެ. މީގެ ކުޑަ އިރުކޮޅެއް ކުރިން މޫސުމް ގޯސްވިކަމުގެ އެއްެވެސް ނިޝާނެއް މިހާރު ފެންނާކައް ނެތެވެ. އުޑު މަތި ސާފު ހަނދުވަރުދޭ ރެއެކެވެ.
ފެންވަރާ ނަމާދު ކޮއްލައިގެން ރަމްޝާ ބަދިގެއައް ދިޔައިރު ނަޝީދާ އުޅެނީ ކާން ހަދާށެވެ.
"ރަމްޝާ.. މި ބަތް ކަހަނބު މޭޒުމައްޗައް ލައިބަލަ.."' ރަމްޝާ ފެނުމުން ނަޝީދާ ބުނެލިއެވެ. އެވަގުތު ޒާހިދު އާ ރިޔާން އައިސް ވަނެވެ.
"ގަޑިއައް ދޯ މި އާދެވުނީ..!" ރިޔާން ހީލަމުން ބުނެލިއެވެ.
"އާދޭ އަވަހައް ކާން.. މިއަދު އެންމެން އެއްކޮންނެއްނު ކާނީ..." ނަޝީދާ ކާމޭޒު ދޮށުގައި އިށީންނަމުން ބުނެލިއެވެ. ކޮންމެ ހަފްތާއެއްގެ ހުކުރުވިލޭ ރެއަކީ މުޅި އާއިލާ އެކުގާ ރޭގަނޑުގެ ކެއުމައް އިންސާފު ކުރާރެއެކެވެ. މުޅި ހަފްތާ ޒާހިދުއާ ރިޔާން ހޭދަކުރަނީ ވިޔަފާރީގެ އެކި އެކި މަސައްކަތުގައެވެ.
ޒާހިދު ނަޝީދާ އާ ކައިވެނި ކުރި އިރު ދެމީހުންނަކީވެސް މެދުފަންތީގެ އާއިލާއެއްގެ ބައެކެވެ. ކައިވެންޏައް ފަހު ކުރަމުން ދިޔަ ބުރަ މަސައްކަތުން މިއަދު މިވަނީ ފެންވަރު ރަނގަޅު ވިޔަފާރިއެއް ފެށިފައެވެ. މިއަދު ޒާހިދުގެ އާއިލާ އަކީ ރަށުގެ ގަދަރުވެރި އާއިލާ އެކެވެ. މިހާރު ރަށުގެ މަތީ ފަންތީގެ އާއިލާތައް ގުނާލާ ނަމަ ޒާހިދުގެ އާއިލާގެ ނަން ކިޔާނީ ލިސްޓުގެ އެންމެ ކުރީގައެވެ. ޒާހިދު އެންމެ އުފާވަނީ ރިޔާން އާއި ރަމްޝާ އަކީ އުންމީދު ކުރިފަދަ އަހުލާގު ރަނގަޅު ކިޔަމަންތެރި ދެކުދިންނައް ވީތީއެވެ.
"ދޮންބެ ތީނީ ކަމެއްގެ މަތިން ހަނދާން ނެތިފަ.." ރަމްޝާ ހިންހަމަ ނުޖެހިފަ ހުރެ ބުނެލިއެވެ.
ހޫމް...! ހަނދާން އެބަހުރި.. މަންމާ….! މިއަދު މީ ރަމްކޮގެ އުފަން ދުވަސް..!" ރިޔާން ވިސްނާލުމައްފަހު ބުނެލިއެވެ.
"ބައްޕަ ހަނދާން ނެތުނީ... ދަރިފުޅު ކޮންއެއްޗެއް ބޭނުމީ..!" ޒާހިދު ހީލަމުން ރަމްޝާ އަށް ބަލާލިއެވެ.
"ކޮންމެ ފަހަރަކުވެސް ހަނދާން ނެތޭނެ.. މަންމަ އެކަނި ހަނދާން ހުރީ. މަންމަ ދިނީ ވަރައް ރީތި ހެދުމެއް.. ދެން ބައްޕަ ބޭނުން އެއްޗެއްދީ...!" ރަމްޝާ ޖަވާބު ދިނެވެ.
"ދޮންބެ ހަނދާނެއް ނުނެތޭ.. އޮންނާނެ ހަދިޔާއެއް ގަނެފަ. ކައި ނިމިގެން ގޮސް ދޭނަން.." މިފަހަރު ނޫނީ ކޮންމެ ފަހަރަކުވެސް ރަމްޝާ އައް އެންމެ ފުރަތަމަ ވިޝް ކުރަނީ ރިޔާން އެވެ.
ކައި ނިމިގެން ނަޝީދާ އާއެކު ތަށިތައް ނަގާލުމައް ފަހު ރަމްޝާ ދިޔައީ ރިޔާންގެ ކޮޓަަރިއައް ށެވެ.
"ކޮބާ ހަދިޔާ.. ބަލާ މިއައީ...!" ރަމްޝާ ކޮޓަރިއައް ވައިން އިރު ރިޔާން އޮތީ ފޯނާ ކުޅޭށެވެ.
"މިއޮތީ..." ރިޔާން ރަން ކުލައިގެ ކަރުދާހުން ޕާރުސަލް ކޮއްފައިވާ ފޮއްޓެއް ދިއްކޮއްލިއެވެ. ރަމްޝާ އަވަސް އަވަހައް ޕާރުސަލް ކަނޑަން ފެށިއެވެ.
"އަޅެ ދޮންބެ ހާދަ ރަނގަޅޭ.. މި ފޯނު ވަރައް ރީތި.. ތެންކިޔޫ.." ރަމްޝާ އައް ރިޔާންގެ ހަދިޔާ ވަރައް ކަމުދިޔައެވެ.
ގަޑިން 11 ގަޑި 55 ވެއްޖެއެވެ. ރަމްޝާ އައް ސިހިފާ ހޭލެވުނީ ފޯނު ރިންގުވާ އަޑަށްށެވެ. "ހަލޯ...!" ރަމްޝާ ފޯނު ބަލާނުލާ ކަންފަތުގާ ޖައްސާލިއެވެ. އޭރުވެސް ރަމްޝާ އޮތީ ލޯ ނުހުޅުވައެވެ.
ހެޕީ ބާރތްޑޭ....!"
"ތެންކިޔޫ.. ތީ ކާކު؟" ރަމްޝާ ހައިރާން ކަމާއެކު އަހާލިއެެވެ.
''ކާއިން...!''
(ނުނިމޭ)
ކޮމެންޓު ކުރުމަށް
ޝުކުރިއްޔާ، ރިވިއު ކުރުމަށް ފަހު ޝާއިއު ކުރާނެ