ލިޔުންތެރިޔާ
ނިތީ
މިއީ މިފަދަ ޕޭޖެއްގައި އަޅުގަނޑު ލިޔާ ފުރަތަމަ ވާހަކައަށް ވާތީ ތިޔަ ބޭފުޅުންގެ ޙިޔާލާ، އެއްބާރުލުން ދެއްވުން އެދެން.
6 : ލިޔުނު ވާހަކަ
31 : ލައިކްސް
20 : ކޮމެންޓު
ލިޔުންތެރިޔާގެ އިތުރު ލިޔުންތައް

އެހަނދާން (1) ވަނަ ބައި

1 ވަނަ ބައި (ނިމުނީ)
17 މާޗް 2015
1
ހަގީގީ
މަންމާއެވެ. ނުރޯށެވެ. ކެތްތެރިވާށެވެ. އެހާ ޅައުމުރުގައި ދައްތަ މަރުވުން އެއީ ދައްތަގެ ނަސީބު ކަމުގައި ދެކޭށެވެ. ޒައިނާ އޭނާގެ މަންމަ ސުހާއަށް ވިސްނައިދެމުން ދިޔައީ ލޮލުގައިވާ ކަރުނަތައް އޮއްބާލައިގެން ހުރެއެވެ. އެހެނަސް ކިތަންމެ ދުވަހެއް ވިޔަސް މަޔެއްގެ ހިތަކުން ދަރިއެއްގެ ހަނދާނެއް ފިލައިގެންނެއް ނުދާނެވެ. ޒައިނާގެ ހިނިތުންވުން ފެންނަ ކޮންމެ ފަހަރަކު މުނާއަށް ސިފަވަނީ އޭނާގެ ދޮށީ ދަރިފުޅު ޒުހާއާއެކު ހޭދަވި ދުވަސްތަކެވެ. އެއުފާވެރި ހިނދުކޮޅުތަކެވެ. އެއީ މީގެ 12 އަހަރު ކުރީގެ ހަނދާންތަކެވެ.
ޒުހާއަކީ އެންމެންނާވެސް ގުޅޭ، މަޖާ މިޒާޖެއްގެ ހިތްހެޔޮ ކުއްޖެކެވެ. އަދި އޭނާއަށް އެހެން މީހުން އަޅައިގަންނަ ކަހަލަ ރީތި މައުސޫމް ސޫރައެއް ލިބިފައި ވެއެވެ. އަދި އޭނާ އެންމެ އުފާވަނީވެސް އެހެން މީހުން އޭނާއަށް ތަޢުރީފު ކުރާ ހިނދުއެވެ. އެހެން ކަމުން ޒުހާ އެންމެ ދެކެން ބޭނުންވަނީ ބޮޑުވެގެން އޭނާ ނަން ފަވާލެވޭ ފަދަ މަޝްހޫރު މޮޑެލްއަކަށް ވާދުވަހެވެ. ހަމަ އެއާއެކު ކިޔެވުމުގާވެސް ޒުހާއަކީ ވަރަށް ތޫނުފިލި ކުއްޖެކެވެ. އެހެންކަމުން އާއިލާގެ އެންމެންގެވެސް ހާއްސަ ލޯތްބެއް ޒުހާއަށް އައީ ލިބެމުންނެވެ.ޒުހާ އެންމެ ލޯބިވަނީ އޭނާގެ ކޮއްކޮ ޒައިނާ ދެކެއެވެ. އޭނާ ޒައިނާއަށް ލޯބިދޭއިރު ހިވަނީ ޒުހާއަކީ ޒައިނާގެ މަންމަ ހެންނެވެ. ނަމަވެސް މި އުފާވެރި ވަގުތުތައް ގެއްލި ދިޔައީ ލޯމަރާލާފައި ލޯ ހުޅުވާލާހާ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ. އުމުރުން އެންމެ 9 އަހަރުގައި އެހާ ކުއްލި ގޮތަކަށް ޒުހާ މަރުވުންވީ އާއިލާއަށް ލިބުނު ވަރަށް ބޮޑު ހިތާމައަކަށެވެ. މިކަމުގެ އެންމެ ފުންއަސަރު ކޮށްފައިވަނީ އޭނާގެ މަންމަ އަށެވެ.
ސިއްސައިގެން ގޮސް އެރޭ ޒުހާއަށް ހޭލެވުނީ ފެނުނު ހުވަފެނެއްގެ ސަބަބުންނެވެ. ހުވަފެނުން ފެންނަމުންދިޔައީ މަރު އޭނާ އާއި ކުރިމަތިލައިގެން އުޅޭ މަންޒަރެވެ. ހުވަފެނުން ހޭލެވުމާ އެކު ޒުހާ އޭނާގެ މަންމަގެ ގައިގާ އޮޅުލައިގަނެވުނެވެ. އަދި ބިރުންހުރެ ގިސްލަމުން ބުނެލި އެވެ. " އަހަރެން އެއުޅެނީ ބަލިވާން މަންމާ... އަހަރެން މަރުވާން އެއުޅެނީ... މަންމަ އަހަރެން ބަލިވިޔަސް އަހަންނަކާ އަޅައެއް ނުލާނެ..." ޒުހާ މިހެން ބުނުމުން އޭނާގެ މަންމަ އޭނާއަށް ވިސްނައިދިނީ ހުވަފެނަކީ ބިލާހެއް ކަމަށެވެ. އަދި މަންމަމެން ދަރިފުޅާ އަބަދުވެސް އަޅާލާނެ ކަމަށް ބުނެ ފިރުމާލި އެވެ. މި ހުވަފެން ހަގީޤަތަކަށް ވާނެ ކަމަކަށް އޭނާގެ މަންމަ އެއްވެސް ވަރަކަށް ހިތަކަށް ނާރައެވެ. މި ހުވަފެން ދިޔައީ ޒުހާއަށް އުނދަގޫ ކުރަމުންނެވެ. އެހެންްކަމުން ޒުހާ އެ ހުވަފެން ފެނުނު ވަގުތާއި ތާރީޚް ކުޑަ ކަރުދާސް ކޮޅެއްގައި ހުވަފެނާއެކު ލިޔެލިއެވެ. އަދި މި ހުވަފެން ހަޤީޤަތަކަށް ނުވުންއެދި ދުޢާ ކުރުމަށް ފަހު ލޯ މަރާލީ މިއީ ޒުހާގެ އެންމެ ފަހުގެ ނިދި ކަމުގައި ހީ ނުކުރާ ހާލުގައެވެ.
އާދުވަހަކަށް އިރު ފެނުން ތޮޅި ލައިފިއެވެ. އެހެންނަމަވެސް އެރޭ ފެނުނު ހުވަފެން ދިޔައީ ޒުހާގެ ހިތަށް އުނދަގޫ ކުރަމުންނެވެ. އެރޭ ރަނގަޅަށް ނުނިދުމުގެ ސަބަބުން ހެނދުނު ހޭލި އިރު ޒުހާ ހުރީ ހުންވައްތަރު ކޮށްފައެވެ. ނަމަވެސް މާބޮޑަށް ހުންގަދަ ނުވާތީ އޭނާގެ މަންމަވެސް އެހާ ބޮޑު ކަމަކަށް ނުހަދައެވެ. ބޭސް ދިނުމުން ހުންމަޑުވެދާނޭ ހީކޮށް މާ ބޮޑަށް އެކަމާ އަޅާ ނުލެވުނީ އެވެ. ނަމަވެސް ވަގުތު ހިނގަމުން ދިޔަދިޔަހެން ޒުހާ ގެ ހާލު ދިޔައީ ބޮޑުވަމުންނެވެ. ވަރުބަލިވެ ހުންގަދަވުމުގެ ސަބަބުން މެންދުރުފަހަށް އެޅިއިރު މާ ބޮޑަށް ބަލިވެ ހޮޑުލާން ފެށިއެވެ. އެހެންކަމުން ޢާއިލާ އެންމެންވެސް އަވަސްވެގަތީ ޒުހާ އަވަހަށް ސިއްޙީ މަރުކަޒަށް ގެންދިއުމަށެވެ. ސިއްޙީ މަރުކަޒަށް ގެންދިޔަނަމަވެސް ޒުހާގެ ހާލަކަށް ބަދަލެއް ނާދެއެވެ. އާއިލާ މީހުންގެ ރޫހް މަރުވަފައި ތިބި ފަދައެވެ. އާއިލާ ބޭނުންވީ ޒުހާ އެހެން ހޮސްޕިޓަލަކަށް ގެންދަން ނަމަވެސް ޑޮކްޓަރު އެކަމަކަށް އެއްބަސް ނުވިއެވެ. އެންމެ ފަހުން ޒުހާއަށް ފަރުވާ ދިނުމުގެ ތެރޭގައި ޑޮކްޓަރަށް ދެވުނު އިންޖެކްޝަނެއްގެ ސަބަބުން ޒުހާގެ ހަރަކާތްތަކަށް ހުއްޓުން އެރިއެވެ. މުޅި މީހާ ނޫވެ، ފެނަށް އެދި ގޮވަންފެށި އެވެ. ނަމަވެސް ޒުހާއަށް ފެންދިނުން ޑޮކްޓަރު ވަނީ މަނާ ކޮށްފައެވެ. އެހެންކަމުން ޢާއިލާއަށްވެސް ހިތާ ދެކޮޅަށް ނަމަވެސް މަޖުބޫރުވީ އެހާލުގައި ބާއްވަށެވެ. ނަމަވެސް މައިލަގޮނޑިއަށް ކެތްނުވާނެތާއެވެ. ޑޮކްޓަރުންނަށް ސިއްރުންނަމަވެސް ޢާއިލާގެ މެންބަރުން ޒުހާއަށް ފެންދޭން މަސައްކަތް ކުރިއެވެ. ނަމަވެސް ޒުހާގެ ހާލު މާ ދެރަވުމުގެ ސަބަބުން ފެނެއް ނުބޮވުނެވެ. އެހެނަސް އޭރުވެސް ޒުހާ ދިޔަ އީ ފެނަށް އެދި ރޮމުންނެވެ. އެހެންކަމުން ޑޮކްޓަރާ ދެކޮޅަށް ނަމަވެސް ޢާއިލާއިން ބޭނުންވީ ޒުހާ އެހެން ހޮސަޕިޓަލަކަށް ބަދަލު ކުރާށެވެ. އޭރު ޒުހާގެ ހަރަކާތް ވަނީ ހުއްޓިފައެވެ. ކޯމާގައި ވާފަދައިންނެވެ.
ލޯންޗު އޭގެ އެންމެ ބަރުމިނުގައި ފުނަދުއާ ދިމާއަށް ދުއްވަމުން ދިޔައެވެ. ޒުހާ ހާލު އޭރު ވަރަށް ދެރައެވެ. ޒުހާ އޭރު ގުނަމުން ދިޔައީ އޭނާގެ ހަޔާތުގެ އެންމެ ފަހު ސިކުންތު ކޮޅެވެ. އޭރުވެސް ލޯންޗުގައި ތިބި ޒުހާގެ ޢާއިލާ މީހުން ދިޔައީ ޤިސްލާ ރޮމުންނެވެ. ލޯންޗުގަައި އޮކަސިޖަން ގުޅޭނެ އެއްވެސް ވަސީލަތެއް ނެތުމާއެކު އިރަކަށްފަހު އިރެއް ދިޔައީ ޒުހާގެ ނޭވާ ކުރުވަމުންނެވެ. ކުއްލިއަކަށް ޒުހާ ހިމޭން ވިއެވެ. އަދި ދެލޯ ފުހެލުމަށްފަހު ޢާއިލާގެ މީހުންގެ މޫނަށް ވަކިވަކީން ބަލާލި އެވެ. ޒުހާގެ މި ހަރަކާތުން ޢާއިލާގެ މީހުންގެ މޫނުމައްޗަށް ހިނިތުންވުން ވެރިވި ކަހަލައެވެ. އެހެނަސް މަޑުމަޑުން ޒުހާގެ ލޯ މެރެމުންގޮސް އެއްކޮށް މެރުނެވެ. އާނއެކެވެ. އެ މައުސޫމް ކުއްޖާ މިދުނިޔެއާ އަބަދުގެ އަބަދަށް ޢަލްވަދާޢު ކިޔީއެވެ. މި ޚަބަރު ލިބުމާއެކު ޢާއިލާގެ މެންބަރުންނަށް ހުއްޓުން އެރިއެވެ. އެހެނަސް އެންމެ ހައިރާން ކަމެއް ލިބުނީ ޒުހާ ނިޔާވިކަމުގެ ޚަބަރު ލިބުމާއެކު، އޭނާގެ އެންމެ 9 މަހުގެ ދެލޯ ފަދަ ލޯބިވާ ކޮއްކޮ ޒައިނާ އަޑުން އަޑުނަގާ ރޯންފެށުމުންނެވެ. ޒައިނާ ރޯންފެށިގޮތުން ހީވި ޒުހާ ނިޔާވިކަން އެނގިގެން ރޯން ފެށިހެންނެވެ.
މީހުން ބުނެއުޅެނީ ތެދެކެވެ. ނަރެއްހާތަން ދޫކޮއްލިއްޔާ ކެނބެއްހައިތަން ދަމައިގަންނާނެއެވެ. ޑޮކްޓަރުން ފަރުވާކުޑަ ކޮއްލުމުގެ ނަތީޖާއަކަށްވީ، އެ މައުސޫމް ފުރާނަ މިދުނިޔެއާ އަބަދުގެ އަބަދަށް އަލްވަދާއު ކިޔުމެވެ. ނަމަވެސް އެއީ ޒުހާގެ ތަޤުދީރުގައި ﷲ ކަނޑައަޅުއްވާފައިވާ އަޖަލުގެ މުއްދަތެވެ.
ސުހާ އޭނާގެ އަތުގައިވާ ޒުހާގެ އެންމެ ފަހުގެ ހަނދާން ކަމުގައިވާ ލިޔުންކޮޅު މެޔާލާ ބޮނޑި ކޮއްލިއެވެ. އަދި ދަރިފުޅަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުންއެދި ދުޢާ ކުރިއެވެ. ޒައިނާ އޭނާގެ މަންމަގެ ކޮނޑުމަތީ ބޮ އަޅައިގެން އޮވެ، މަންމަ އެދޭ ކަހަލަ ދޮންތަ ފަދަ ދަރިއަކަށް ވުމަށް އެދި ހިތާ ހިތުން ޢަޒުމް ކަނޑައެޅި އެވެ.
(ނިމުނީ)
ކޮމެންޓު ކުރުމަށް
ޝުކުރިއްޔާ، ރިވިއު ކުރުމަށް ފަހު ޝާއިއު ކުރާނެ