ލިޔުންތެރިޔާ
ލީމީން
އިބްރަތާއިއެކު ރީތި ދިވެހިބަހުން ވާޙަހަކަތައް ލިޔުމަކީ ހުވަފެނެކެވެ.
6 : ލިޔުނު ވާހަކަ
36 : ލައިކްސް
51 : ކޮމެންޓު
ލިޔުންތެރިޔާގެ އިތުރު ލިޔުންތައް

މަޢާފްކުރާށެވެ. (2) ވަނަ ބައި

2 ވަނަ ބައި (ނިމުނީ)
19 ޖެނުއަރީ 2015
7
ހަގީގީ
"ވަރަށް ބިޒީ މިހައިރު... . ސޮރީ.. ދެން ކިތަންމެ ބިޒީ ވިއަސް ގުޅާނަން ވަގުތު ހޯދައިގެން... . ސްކޫލްގައި އޮންނަ އިތުރު އިވެންޓްތަކުގައި އިސްކޮއް އުޅެންޖެހޭތީ ނުގުޅެނީ.. " ނާއިލް މިހެން ބުނީ އަސްލު ހަމަ އޭނާ ބިޒީކަމުންނެވެ. " އޯކޭ. ކޮންމެ ދުވަހަކު 15ވަރަކަށް މިނެޓަށް ނަމަވެސް ގުޅާލެވެންޏާމުވެސް އަހަރެން އުފާވާނެ..ކުރިން ފަތިހުވެސް ގުޅަމެއްނު.. މިހައިރު ނުތެދުވަނީ ދޯ... ." ޝައުނާ މިހެން ބުނުމުން ނާއިލްވެސް ދެން ގުޅާނެކަމަށް ވައުދުވެ ފޯނު ބޭއްވިއެވެ.
ހަފްތާއެއްހައިދުވަސް ވަންދެން ނާއިލް ޝައުނާއަށް ގަވާއިދުން ގުޅިއެވެ. އެއަށްފަހު އެކަން އަނެއްކާވެސް ހުއްޓިއްޖެއެވެ. ޝައުނާގެ ހިތްހަލާކުވަމުން ދިޔައެވެ. ޝައުނާގެ ހިތުގައި ހަގީގީ ލޯތްބެއް ނާއިލްއަށްޓަކައި ވަނީ ދެވިފައެވެ. އެކަމަކު ކުރެވޭނެ ކަމެއްނެތެވެ. މިގުޅުން އެނގޭނެ މީހުން ވަރަށް މަދެވެ. ސިއްރެއްގެ ގޮތުގައި އުޅެން ޖެހުމުން ޝެއަރ ކުރެވޭނެ އިތުރު މީހަކަ ނެތެވެ.
ޝައުނާ ހިތްވަރު ކޮއްފައި ޝާއިންއަށް ގުޅައި ހުރިހައި ވާހަކައެއް ކިޔައިދިނެވެ. ޝާއިން ހީކުރީ ނާއިލް އުޅެނީ ވަރަށް ލޯބިން ކަމަށެވެ. ނަމަވެސް އެދެމީހުންގެ ދޭތެރޭގައި މައްސަލައެއް ނުޖެހުނަސް ނާއިލްގެ ފަރާތުން ދޭންޖެހޭ ލޯބި ޝައުނާއަށް ނުލިބޭކަން އެއީ މައްސަލައެއް ކަމަށް ޝާއިންވެސް ގަބޫލު ކުރިއެވެ. އަދި ޝައުނާއަށް އޭނާގެ ފަރާތުން އެކަމުގައި ކޮއްދެވެން ހުރި ހުރިހައިކަމެއް ކޮއްދޭން ވައުދުވިއެވެ.
ޝައުނާ ނާއިލްއާއި ގުޅުނީ މުޅިއުމުރަށް އެގުޅުން އެގޮތުގައި ބާއްވާށެވެ. އުފާވެރިދިރިއުޅުމެއް ހޯދާށެވެ. އެމީހުންގެ ރަށުން އެއަށްވުރެ ރަނގަޅު ކުއްޖެއް ނެތްކަމަށް ނިންމައިގެންނެވެ. ކޮންމެ ދުވަހަކީވެސް އެމީހުންގެ ލޯބީގެ ގުލްޝަނުގައި ރީތި މާތަކެއް ފޮޅޭނެ ދުވަސްތަކެއްގެ ފޮނިފޮނި އުއްމީދު ކޮއްގެންނެވެ. ޝައުނާގެ ހިތުގައި ނާއިލްއަށް ދެވިފައިވާ ހާއްސަ މަގާމަކީ އެހެން މީހަކަށް ދެންދެވޭނެ މަގާމެއް ނޫނެވެ. ދުވަހަކުވެސް އެހެން މީހަކު ދެކެ ލޯބިނުވާން އޭނާ ވަނީ ނިންމާފައެވެ.
ޝާއިން އެރޭ ނާއިލަށް ގުޅިއެވެ. އަދި ދުރު ދުރުން އޭނާ އާއި ޝައުނާގެ ގުޅުމުގެ ތެރެއަށް ވަނެވެ. އަދި އެދެ މީހުންގެ މައްސަލައިގެ ތެރެއިން ހައްލެއް ހޯދަން މަސައްކަތް ކޮއްދިނެވެ. ނަމަވެސް ނާއިލް ބުނީ އޭނާއަށް ވަގުތު ވީވަރަކުން ގުޅާކަމުގައެވެ. އަދި އެވަރަށް ނުގުޅިއަސް ޝައުނާއާއި އެކު އުޅޭނެކަމުގެ ވާހަކަ ބުންޏެވެ.
" އަހަރެން ވަރަށް މަސައްކަތް ކޮއްފިން ޝައުނާދެކެ އަސްލުކޮން ލޯބިވާން.. އެކަމަކު މަގޭ ހިތަކުން އެކަމަކަށް އިޖާބައެއް ނުދޭ.. . އަސްލު އެހާ ބޮޑަށް ކުއްޖަކާ ރައްޓެހިވާން ބޭނުންނުވެ ހުރެ ރައްޓެހިވީމަ ވީގޮތެއް ކަންނޭގެ.. މާބޮޑަށް ޝައުނާ މިހައިރުވެސް އަހަރެން ދެކެ ލޯބިވޭ... މަ އޭނަ ދެކެ ލޯބިނުވާކަން އެގިއްޖިއްޔާ އޭނަ މިހައިރު ވަރަށް ދެރަވާނެ.. " ނާއިލް އޭނާގެ ހިތާހިތުން ކިޔަމުން ދިޔައެވެ. އޭނާ ނިންމީ އޭނާގެ ނަފްސައް މަޖުބޫރު ކޮއްގެންނަމަވެސް ޝައުނާދެކެ ލޯބިވާށެވެ. ނަމަވެސް އެކަމެއް ނުވިއެވެ. ދެތިންރޭ ޝައުނާއަށް ގުޅައިގެން އެތައްއިރަކު އޭނާ ލޯބީގެ މާތައް ފޮޅުވިއެވެ. އަނެއްކާވެސް އޭނާއަށް އެލޯބީގެ ވާފަށް ހިފަހައްޓާނެ ބާރެއް ނުލެވުނެވެ.
" އަހަރެންގެ ފޯނަކު ނުހުރޭ މިހައިރު އެހާ ލާރިއެއް. ވަރަށް ޑައުން . އެހެންވެ ނުގުޅެނީ." ޝައުނާގެ 80ވަރަކަށް މިސްކޯލްގެ ޖަވާބަކަށް ނާއިލް މެސެޖެއް ސެންޑް ކޮއްލިއެވެ. ޝައުނާނިންމީ ނާއިލްގެ ފޯނަށް ލާރި އަޅައިދޭށެވެ. ނަމަވެސް ނާއިލް އެގޮތެއް ގަބޫލެއް ނޫނެވެ. " އެކަމަކު އަހަރެން ތިފޯނަށް ކޮންމެ ވީކަކު ފިފްޓީ ރުފިޔާ ރިލޯޑް ކޮއްދޭނަން. ނާއިލް މަށަށް ގުޅާނެކަމަށް އުއްމީދުކުރަން" ވަރަށް ދެރަވެފައި އިދެގެން ޝައުނާ މެސެޖް ކުރިއެވެ. އަދި ނާއިލްގެ ބަހަނާގެ ފަރުވާއަކީ އެއީކަން އޭނާ ބުންޏެވެ.
ނާއިލްއަކަށް ޝައުނާއަށް ގުޅޭކަމަކަށް ނުވިއެވެ. އެފޯނަށް އަޅާ ލާރިތައް ހުސްވަނީ ނާއިލްގެ އަމިއްލަ ބޭނުންތަކަށެވެ. ކުޅެންދާން އެންމެންނަށް ގުޅުމާއި، ކޮފީތަކަށްދާން ގުޅާ އެލާރިތައް ހަފުތާއަކުން ނާއިލް ހުސްކުރަމުން ދިޔައެވެ. ނާއިލްއަށް އޭނާގެ ރައްޓެހިންނާއި އެހެންކަންކަން ޝައުނާއަށްވުރެ މުހިއްމެވެ. "އަހަރެންގެ ކުށަކީ ކޮބާ؟ އަހަރެން ބޭނުން އެގެން.. ނާއިލް އެއްނު އަހަރެންނާއި ރައްޓެހިވާން އެހީވެސް.. . ބުނެބަލަ ޕްލީސް.. އަހަރެން ބޭނުމެއްނޫން ދުވަހަކުވެސް ނާއިލްއާއި ވަކިވާކަށް. ނާއިލްއާއި ދުރުގަހުއްޓަސް އަހަންނަށް ނާއިލްދެކެ ލޯބި ވެވިއްޖެ" ނާއިލް ފޯނުނުނަގާތީ ޝައުނާ މެސެޖް ކޮއްލިއެވެ. ނަމަވެސް އެމެސެޖްތަކަށް ނާއިލް ރިޕްލައި ނުކުރަނީ ނާއިލް އޭނާދެކެ ލޯބިނުވާތީއެވެ.
ޝައުނާ އަނެއްކާވެސް ޝާއިންއަށް ގުޅައިގެން ހުރިހައި ވާހަކައެއް ދެއްކިއެވެ. ނާއިލްއާއި ކޮންޓެކްޓް ނުކުރެވޭތާ މިހައިރު މަހެއްވީއެވެ. ނާއިލް ޝައުނާގެ ފޯނަށް ޖަވާބުނުދެނީ ކީއްވެކަމެއް އެކަކައްވެސް ނޭގެއެވެ. ޝާއިންގާތު އޭނާ އެދުނީ އެއީ ކީއްވެގެންތޯ އޮޅުން ފިލުވާށެވެ.
"އަހަރެން ބޭނުމެއްނޫން ރަށަށްގޮސް މަޖަލަކަށް ކޮއްލާ ކަމެއް އެހައި ސީރިއަސް ކަމަކަށް ހަދާކަށް.. މަށަކަށް ޝައުނާދެކެ ލޯތްބެއް ނުވެވުން.. " ނާއިލްގެ މިޖުމްލައިން ޝާއިން ވަރަށް ރުޅިއައެވެ. " އެކަމަކު. ތިހެދީ ވަރަށް ކަޑަ އެއްޗެއް. މަގޭ ޑިގުވެސް ދެން ވެއްޓޭނެ އަނެއްކާ. މަށެއްނު ތިކަމަށް ފާލަން އަޅައިދިނީވެސް.. އެކަހަލަ ރަނގަޅު ކުއްޖެއް ނުވެސް އުޅޭނެ މިރަށަކުވެސް .. . މިކަމާ ނާއިލް އަދި ފަހުން ދެރަވާނެ. ހަނދާން ކުރާތި." ޝާއިންއަށް ނާއިލްގެ ވިސްނުން ހުރިގޮތް އެގުނެވެ. އޭނާ އެގުޅުން އެހިސާބުން ނިންމާލަން ބޭނުން ވާހަކަވެސް ޝާއިން ގާތުބުންޏެވެ.
"އަހަރެން ބޭނުމެއް ނޫން ނާއިލްއާ މެރީކުރާކަށް. އަހަރެންނަކަށް ނޭގޭ ނާއިލް ޝައުނާއާއި މެދު ކަންތައްކުރީ އެގޮތައްކަމެއް. " މަލްދާ މިހެން ބުނީ ކީއްވެގެންކަން ނާއިލްއަށް ވިސްނައިދިނެވެ. މަލްދާއަށް ނާއިލްގެ ހަޔާތުގެ އެސޮފުހާތައް އެގުނީ ވަރަށް ފަހުންނެވެ. އެއީ މާޒީއެވެ. މަލްދާއާއި ޝައުނާ މާލޭގައި ކިޔަވަން އުޅުނީ އެއްކުލާހެއްގައެވެ. ސުކޫލް ނިންމުމަށްފަހު ޝައުނާ ރަށަށް ބަދަލުވިފަހުން ދިމާވީ ފަސްއަހަރު ފަހުންނެވެ. ހޮސްޕިޓަލުންނެވެ. މަލްދާ ދިޔައީ ދުރުގައިވާ ވިލާތު ގައުމަކަށް ޑޮކްޓަރުކަން ކިޔަވާށެވެ.
ޝައުނާ މަލްދާ ގާތަށްއައީ ނަފްސާނީ ބަލިމީހެއްގެ ގޮތުގައެވެ. ޝައުނާއަށް ދިމާވެފައިވާ ބަލީގެ ފެށުމަކީ ނާއިލްކަން އެގުނެވެ. އެހިސާބުން ނާއިލްއާއި ދުރައްދާން ނިންމީ ނާއިލް މަލްދާ ގާތު ދައްކާފައިވަނީ ދޮގު ވާހަކަތަކެއްކަން ޔަގީންވީމައެވެ. ނާއިލް މަލްދާގާތު ބުނީ އޭނާ ދުވަހަކުވެސް ކުއްޖަކާއި ލޯބީގެ ގޮތުން ނުގުޅޭ ކަމަށެވެ. ނަމަވެސް އޭނާގެ ގާތް ރައްޓެއްސެއްގެ ހަޔާތައް ދިންވޭނާއި އޭނާއަށް އޮޅުވާލި އޮޅުވާލުންތަކަށް ހައްގު އަދަބެއްވެސް ދޭން މަލްދާ ބޭނުންވިއެވެ.
" އައިއެމް ސޮރީ...! އަހަރެންގެ މަތިން ހަނދާން ނައްތާލާ. ނާއިލް އެދޭކަހަލަ މީހަކަށް އަހަރެން ނުވެދާނެ" މަލްދާ ނާއިލްއަށް މެސެޖް ކޮއްލުމަށް ފަހު ކޮންޓެކްޓް ވެސް އޭނާގެ ފޯނުން ފޮހެލީ އޭނާގެ ހަޔާތައް އެއަށްވުރެ ހެޔޮލަފާ ތެދުވެރި ބައިވެރިއެއް ލިބޭނެ ކަމުގެ ޔަގީން ކަމާއިއެކުއެވެ. މީހަކަށް ބޭވަފާ ތެރިވެފައިވާ މީހެއްގެ ބައިވެރިއަކަށް ވާން ބޭނުން ނުވާތީއެވެ. އަދި ނާއިލްއަށްވެސް މީހަކަށް ދެރައެއްދީފައި އުފަލުގައި ނޫޅެވޭނެކަން އަންގާލާ ދޭށެވެ.
(ނިމުނީ)
ކޮމެންޓު ކުރުމަށް
ޝުކުރިއްޔާ، ރިވިއު ކުރުމަށް ފަހު ޝާއިއު ކުރާނެ