ލިޔުންތެރިޔާ
ލީމީން
އިބްރަތާއިއެކު ރީތި ދިވެހިބަހުން ވާޙަހަކަތައް ލިޔުމަކީ ހުވަފެނެކެވެ.
6 : ލިޔުނު ވާހަކަ
36 : ލައިކްސް
51 : ކޮމެންޓު
ލިޔުންތެރިޔާގެ އިތުރު ލިޔުންތައް

މަޢާފްކުރާށެވެ. (1) ވަނަ ބައި

1 ވަނަ ބައި (ނުނިމޭ)
09 ޖެނުއަރީ 2015
2
ހަގީގީ
ޖެހެމުންދިޔަ ނަލަނަލަ ރޯޅިތައް އަންނަމުން ދިޔައީ އިންޑިއާއަށް ނިސްބަތްވާ މާސިންގާ ކަނޑުންނެވެ. ބޭނުންވަނީ މިހިތްފަސޭހަ ރީތި މޫދާއި، ގޮޑުދޮށާއި، ބިޔަ ގަސްތަކުގެ ސަބަބުން ލިބެމުންދާ އުފާވެރިކަން އަބަދުވެސް ލިބެމުންދިއުމެވެ. އަތިރިމަތީ ހުރި ދޮންމަދު ގަހެއްގައި މަދުކާން އިން ނާއިލް އެއްގޮތަކަށްވެސް އޭނަގެ ލޯބިވާ ފަސްގަނޑު ދޫކޮށް ދާކަށް ބޭނުމެއް ނޫނެވެ. އެކަމަކު މާދަމާއަކީ އޯލެވެލެލް ނިމުމަށްފަހު ލިބުނު ދިގު ޗުއްޓީ ނިންމުމަށް ފަހު މާލެއަށް ފުރަން އޮތްދުވަހެވެ. ކުޅޭނެ ކުޅިވަރެއް ކުޅެންއޮތީ މިއަދެވެ. ޖަހާނެ ސަކަރާތެއް ވިއްޔާ ޖަހަންވީއެވެ. ރައްޓެހިންނާއި ބައްދަލު ކުރަންޔާ އެންމެންނާވެސް މިރޭ ބައްދަލު ކުރަންވީއެވެ. ހެނދުނު 8ޖަހާއިރު ފުރަންޏާ އެކަކާވެސް ދިމައެއް ނުވާނެއެވެ. އެންމެންވެސް ތިބޭނީ ނިދާފައެވެ. އެހެންވެ އެރޭ އޭނާ އެންމެ ބައްދަލު ކުރަންބޭނުންވި ކުދިންނާ ބައްދަލު ކުރަން މަޖުބޫރެވެ.
"މަށައް ހީވަނީ ނާއިލްއަށް ޝައުގެ ކަންތައް ވާނެހެން.. . މަވަރަށް ބެލިން އޭނަގެ ހިޔާލު.. ދެން މިރޭ އެގިދާނެތާ" ނާއިލްގެ އެންމެ ގާތް ޝާއިން މަދެއްކާން އިދެފައި ބުންޏެވެ. "މަވަރަށް ހާސްވޭ ތިކަމާ ވިސްނާލިއަސް. މަބޭނުމެއްނޫން އޭނަ މަށަށް އާއެކޭ ބުނުން ނޫން އެހެންގޮތެއް..އަނެއްކާ އެއްވެސް މީހަކަށް އެނގޭކައްވެސް ބޭނުމެއްނޫން މިކަމެއް އެހާ އަވަހަކަށް..ވިސްނާލާފަ ޖަވާބެއް ދޭނަމޭ އެބުނީ ހަމަ ވިސްނަން ބާއޭ މަހިތައް އަރަނީ.. ކަލޭމެންގެ ސަބަބުން ކުރެވޭ ކަންކަމޭ މީ.. . " ނާއިލް ގަހުގެ ގޮފިގަނޑެއްގައި ހަމަޖެހިލަމުން ބުންޏެވެ.
އަސްލު ޝައުނާ ގާތު ނާއިލް ރައްޓެހިވާން އަހަންޖެހުނީ ޝާއިންއާއި ޒައިދުގެ ސަބަބުންނެވެ.ދިމާކުރާވަރުން އޮބި ނޯވެގެންނެވެ. އެމީހުން ބުނާގޮތުން ކުއްޖަކާ ރައްޓެހިނުވެ ހުރީ "ގަޓެއް" ނެތީމައެވެ. ނާއިލްގެ ޝަރުތަކީ އެހެން މީހަކާ ރައްޓެހިނުވެ ހުރި ރީތި ކުއްޖެއް ހޯދުމެވެ. އެޝަރުތު ހަމަވާ ޝައުނާނޫން އެހެން ކުއްޖެއް އަސްލު ރަށުގައި ހަމަނެތީއެވެ. އެހެންވެ ފުރަން އޮތް ދުވަހުގެ ދެދުވަސް ކުރިން އެއްރެއަކު ޝައުނާއަށް ރައްޓެހިވާން ހުށަހެޅީ ވަރަށް ސިއްރުން ބައްދަލު ކޮއްފައެވެ.
ފުރަން އޮތް ދުވަހުގެރޭ ޝައުނާމެންގޭ ކައިރިން އަނެއްކާވެސް ބައްދަލު ކުރީވެސް އެހެން މީހަކަށް ހިލަމެއް ނުވާނެކަން ޔަގީން ކޮއްފައެވެ. އެގެ ހުންނަނީ ރަށުގެ ވަލާއި ކައިރީގައި ކަމުން އެހިސާބުގަނޑުގައި މީހުން ވަރަށް މަދެވެ. " ކޮބަ ޖަވާބަކީ؟" ނާއިލް ހާލު އަހުވާލު އެހުމަށްފަހު އެހިއެވެ. އޭނާގެ ދެފައިން ވާގި ދޫވާހާ ފިނިވިއެވެ. ދުވަކުވެސް މިކަހަލަ ތަޖުރިބާއެއް އޭނާއަކަށް މީގެ ކުރިންނުކުރެވެއެވެ. ޝައުނާ ނޫނެކޭ ބުނެފާނެތީ ގަންނަބިރުންނެވެ. " ޔެސް" ނާއިލް ޝައުނާ އެހެން ބުނުމުން ހަމަޖެހިލިއެވެ. އަދި ވަރަށް އުފާވާކަމަށް ބުނެ މާދަމާ ފުރަންޖެހޭކަމާއި ހުރިހައިވާހަކައެއް ކިޔައި ދިނުމަށްފަހު ދުވަހަކުވެސް ވަކިނުވާން ވައުދުވިއެވެ. އެލޯބި ފެށުނީ ވަރަށްވެސް ސިންޕަލް ގޮތަކެށެވެ. ނަމަވެސް ނާއިލް ބޭނުންވަނީ ލޯބީގެ ހުޅުކޮޅު އަބަދަށް ދިއްލުވާފައި ބާއްވާށެވެ.
"ޝައުނާ ... އަހަރެން ދަނީދެން... ދެދުވަސް ތެރޭވެސް ތިކަން ވީތީ ވަރަށް އުފާ. އަސްލު އަހަރެން ހިއެއްނުކުރަން ޝައު އެހާއަވަހަށް ޔެސް ބުނާނެ ކަމަކަށް..ކިތަންމެ ދުރަށް ދާން ޖެހުނަސް ވަރަށް ލޯބިވޭ... ދަނީ ދަނީ ދަނީ.." ނާއިލް ބޯޓަށް އަރަމުން މެސެޖް ސެންޑް ކޮއްލިއެވެ. ނާއިލް ޝައުއާއި ރައްޓެހިވާން ބޭނުންވީ ޝައު ދުވަހަކުވެސް ކުއްޖަކާ ރައްޓެހި ނުވެހުރިކަން އެގުނީތީއެވެ. އަދި އޭނަގެ ދީންވެރިކަމާއި ރީތިކަމަށްޓަކައެވެ.
ނާއިލް އާއި ޝައުނާވެސް އޯލެވެލް ނިންމުމަށްފަހު ރަށަށްއައި ދޯނިމަތިން ދިމާވިއެވެ. ކުޑައިރުގެ ބައެއް ހަނދާންތައް އާވިއެވެ. ނަމަވެސް އެހާ ގިނަ ދުވަސް ކޮއްފައި ދިމާވުމުން ވާހަކައެއް ނުދައްކައެވެ. އޭރު ކުލާހުގައި ކިޔެވުމުގައި ވާދަވެރިކަން ބާއްވަމުން ދިޔައެވެ. އެކަކުވެސް އަނެކަކާއި މެދު ކުލާސް މޭޓް އެއްގެ ނަޒަރުން ނޫން ގޮތަކަށް ނުދެކެއެވެ. އެކަކު އަނެކަކަށް އެހީތެރިވެދިނީ ހަމަ އެކުވެރިކަމަށްޓަކައެވެ. ޝައުނާ އަބަދުވެސް ނާއިލް އާއި ދިމާއަށް އެއްޗިހި ކިޔާނެވެ. ނާއިލް ކުލާހުން ބޭރަށް ނުލާދުވަހެއް ނުދާނެއެވެ. ނާއިލް އަކީ ސްކޫލްގައި އެންމެ މޮޅު ދަރިވަރަށް ވިޔަސް އޭނާގެ ސިޔާސަކަމުން ކޮންމެވެސް އަދަބެއް އަބަދުވެސް ހުންނާނީ ލިބިލިއެވެ. ކޮޅައް ނަނގާނެވެ. އެހެން ކުދިންނާއި ވަކިން ބައިންދަނީވެސް އޭނަގެ ސިޔާސަ ކަމުންނެވެ. ނާއިލް ގެ މަންމަ އޭނާ ގްރޭޑް ހަތަރެއްގައި އުޅުނު އިރުވެސް ޕޭރަންޓް މީޓީންއަށް ނުދަނީވެސް އެހެންވެއެވެ. ދަރިފުޅުގެ ސިޔާސަކަމުގެ ވާހަކަ އަހައިފައި މައިލަގޮޑިއަށް ކެތްނުވާތީއެވެ. އެހެންކަމުން އޭނަގެ ބެލެނިވެރިއަކަށް ދާނީ ތިމާގެ ދައްތައެކެވެ.
ރަށު ސްކޫލުން ގްރޭޑް ހަތެއްނިންމުމަށްފަހު ދެކުދިންވެސް ބަދަލުވީ މާލެއަށެވެ. ނާއިލް ކިޔެވީ ސަރުކާރު ސުކޫލެއްގައެވެ. ޝައުނާ ކިޔެވީ އަމިއްލަ ސުކޫލަކުންނެވެ. ދެކުދިންވެސް ކިޔެވުން ނީންމާލީ އެއްއަހަރަކުއެވެ. ނާއިލް ކިޔެވި އަށް މާއްދާއިން ފާސްވިއެވެ. އެކަމަކު ޝައުނާ ދެމާއްދާ ފާސްނުވާނެކަން އެގޭތީ ޑްރޮޕް ކޮއްލީއެވެ.
ރަށަށްއައިސް ސްކޫލުން ހުސްވި ވަގުތީ ޓީޗަރެއްގެ ވަޒީފާއަށް ޝައުނާ ވަނެވެ. ނާއިލް ބޭނުންވީ ޗުއްޓީދުވަސްތައް މަސްބޭނުމާއި، ކުޅިވަރުގައި ދުއްވާލާށެވެ. ނަމަވެސް ރަށުގައި ހުރިދުވަސްވަރު ދެތިން ކުއްޖަކަށް ކޮންޕިއުޓަރ ބޭސިކް ދަސްކޮއްދިނެވެ. އެކަމުން ރަށުގައި ޗުއްޓީ ހޭދަކޮއްލަން ބޭނުންވާ ވަރަށް އޭނާ ފައިސާ އެއްކުރިއެވެ. ނާއިލްގެ ބައްޕައަކީ ރަށުގެ ބޮޑުކަތީބަކަސް އޭނާ ބުނާއިރަށް ލާރިއެއް ނުދޭނެއެވެ. އޭނާގެ މަންމަވެސް ދޭންބޭނުންވި ތަރުބިއްޔަތަކީ ދަރިންލައްވައި މަސައްކަތައް ހޭނުމުގެ އުސޫލެވެ. ރަށުގެ އެއްވެސް އަންހެންކުއްޖަކަށް ނާއިލްއާއި ވާހަކަ ދައްކަން ނުކެރެނީ އޭނާގެ ބައްޕަގެ މަގާމުންނާއި ނާއިލް މާލެ ބަދަލުވުމުން އުފެދުނު ދުރުމިނުގެ ސަބަބުންނެވެ. ނަމަވެސް ނާއިލް ހިތުގައި ބޮޑާކަމެއްވެސް ނުބާއްވައެވެ. ކުރީގެ ރައްޓެހިންނާއި ގުޅުން ބާއްވަން ބޭނުންވެއެވެ. އެކަމަކު އޭނާގެ ހިތުގައިވެސް ލަދުވެތިކަމުގެ ޝުއޫރު ހިގާތީ އެކަން ނުވަނީއެވެ.
"މީ ޓޫ... " ޝައުގެ ރިޕްލައި އައީ މެންދުރު ބާރަވެސް ޖެހިފަހުންނެވެ. އޭރު ނާއިލް އެމެޖްގެ އިންތިޒާރުގައި އިނީ ވަރަށް ކެތްމަދު ވެފައެވެ. މާލެ ދެވޭނީ ރޭގަނޑު 12 ޖަހާލާއިރަށެވެ. އެހެން ކަމުން ނާއިލްއިނީ މެސެޖްގެ ޒަރީއާއިން ދަތުރުގެ މުނިއަވަސް ފިލުވަމުން ލޯބީގެ މާތައް ކިތަންމެ ދުރުގައި ހުރެވުނަސް ފޮޅުވާށެވެ. " ވަރަށް އުފާވޭ... . ކީތްކުރަނީ ހާދަ އިންތިޒާރެއް ކުރެވިއްޖެ އޭ ރިޕްލައި ކުރާނެ އިރަކަށް.. " ދެކޮޅުންވެސް މެސެޖް ކުރަމުން ދަތުރު ނިމުނުލެއް ނުވެސް އިގުނެވެ.
މާލެއައިސް ދެމީހުންގެ ގުޅުން ބާއްވަން ޖެހުނީ ފޯނުންނެވެ. ނާއިލް ވަނީ ސީއެޗްއެސްއީ އަށެވެ. ދެމީހުންގެ ގުޅުން ދިޔައީ އިތުރަށް ކުރިލައި ހެދެމުންދެއެވެ. އެލޯބީގައި ރީތި ކުލަތަކެއް ޖެހެމުން ދިޔައެވެ. މިކަމަކަށް ވަކި ވަގުތެއް ނޯވެއެވެ. ރޭގަނޑު ނިދެނީވެސް ފޯނުކޮއްގެން ތިއްބައެވެ. އެކަކު ހަލޯ ކިޔާ ބަރުބަލި ވާއިރަށްވެސް އަނެއްކޮޅުން ޖަވާބެއް ނުލިބި ދާނެއެވެ. ކޮންމެވެސް އެކަކަށް ނިދުނީމައެވެ.
ސްކޫލް ފެށުނުތަނާ ނާއިލްމެންގެ ރަށުގެ ބައެއް ކުދިން ޖަމިއްޔާއެއް ހިންގުމުގެ ހިޔާލު އޭނާއަށް ދިނެވެ. ނާއިލްވެސް އެކަމަށް އެއްބާރުލުން ދޭން ނިންމިއެވެ. އަދި އެކަމުގެ އަމިލީ މަސައްކަތްތަކުގައި އިސްކޮއްއުޅެ ޖަމިއްޔާ ރަޖިސްޓްރީކޮށް ހިންގަންފެށިއެވެ. ކުއްލިއަކަށް ނާއިލް ބިޒީވާން ފެށިއެވެ. ޝައުއާއި ވާހަކަ ދެއްކޭ އަދަދު މަޑުމަޑުން މަދުވެއްޖެއެވެ. ޝައުއަށް އެކަން ފާހަގަވާން ފެށިއެވެ. ގުޅާފައި އޮތަސް ނާއިލްއަކަށް ނުގުޅެއެވެ. އެކަމުގެ ޝަކުވާއަކީ ފުރަތަމަ ޝައުނާ ކުރި ޝަކުވާއެވެ.
(ނުނިމޭ)
ކޮމެންޓު ކުރުމަށް
ޝުކުރިއްޔާ، ރިވިއު ކުރުމަށް ފަހު ޝާއިއު ކުރާނެ