ލިޔުންތެރިޔާ
ދާމިޔާ
އަޅުގަނޑު ވާހަކަ ލިޔުމަށް ވަރަށް ޝައުގުވެރިވޭ.. އުންމީދު ކުރަނީ އަޅުގަނޑުގެ ވާހަކަތައް ހުރިހާ ބޭފުޅުންނަށްވެސް ކަމުދާނެކަމަށް..
38 : ލިޔުނު ވާހަކަ
155 : ލައިކްސް
57 : ކޮމެންޓު
ލިޔުންތެރިޔާގެ އިތުރު ލިޔުންތައް

އެލީޝާ (17) ވަނަ ބައި

17 ވަނަ ބައި (ނުނިމޭ)
26 ޖުލައި 2016
1
ލޯބީގެ
ވޭން ގޮސް މަޑުކޮށްލުމުން އެންމެންފޭބިއެވެ. އެވަގުތު ކަރަމްގެ ލޮލުގައި އަޅައިގަތީ ދަބަހެއް އަޅުވާލައިގެން ރަޝާގެގާތުގައި ހުރި މިއުވާންއެވެ. އޭރު މިއުވާންގެ ނަޒަރު ސީދާވެފައި ހުރީ އެލީޝާއާއި ދިމާއަށެވެ. މިމަންޒަރު ފެނުމުން ކަރަމްގެ މޫނުމަތީގައިވި ހިނިތުންވުން ފިލައިގެން ދިޔައެވެ. އޭރު އެލީޝާ ހުރީ އައިމަންއާއި ކިޔާރާގެ ގާތުގައި ވާހަކަ ދައްކާށެވެ. އެހެން ހުރެފައި މިއުވާންމެނަށް ބަލާލި ވަގުތު މިއުވާން ބަލަހައްޓައިގެން ހުރުމުން އެލީޝާ ހިނިތުންވެލިއެވެ. ބަދަލުގައި މިއުވާންވެސް ހިނިތުންވެލިއެވެ. ރަޝާ މިއުވާންގެ އަތުގައި ހިފައި އޭނާއާއި ގާތްވެލިއެވެ. މިމަންޒަރު ފެނުމުން އެލީޝާ ގާތަށް ހިނިއައެވެ. ވާނީވެސް އެހެން ނޫންހެއްޔެވެ.؟ ރަޝާ އަބަދުވެސް މަސައްކަތް ކުރަނީ އެލީޝާ ޖެލަސް ކުރާށެވެ. ނަމަވެސް އޭނާއަށް ނޭނގޭ ކަމަކީ އޭނާ މިކުރާ ކަންތަކުން އެލީޝާއަށް އެއްވެސް އަސަރެއް ނުކުރާ ކަމެވެ. އެންމެން ލޯންޗަށް އެރުމުން ލޯންޗް އޭގެ މަންޒިލަށް ދިއުމަށްޓަކައި ދަތުރުފެށިއެވެ.

އއ ތޮއްޑޫއަށް ދެވުމާއިއެކު އެންމެން މިސްރާބުޖެހީ އެމީހުންތިބުމަށް ހަމަޖެހިފައިވާ ރިޝާ މަންމަގެ ގެއާއިދިމާއަށެވެ. ގެއަށްގޮސް ފެންވަރާ ނަމާދުކޮށް ތާޒާވެލައިގެން ދެން އެންމެން ދިޔައީ ކެއުމަށް ހަމަޖެހިފައިވާ ރިޝާގެ ބޮޑުދައިތަ ގެއަށެވެ. އެންމެން އެއްކޮށް ކެއުމަށް އިންސާފުކުރަމުން ދިޔައިރު ކަރަމް އިނީ ކެއުމާ ގަޔާ ނުވާ ކަހަލަ ގޮތަކަށެވެ. އޭނާއަށް ސަމާލުކަން ދެވެނީ މިއުވާނަށެވެ. މިއުވާނުގެ ނަޒަރު އެލީޝާގެ މޫނުން ކައްސާލައިގެން ދަނީ މަދުވަގުތަކުއެވެ. އެލީޝާވެސް އިރުއިރުކޮޅާ މިއުވާނަށް ބަލާލުމަށްފަހު ހީލައެވެ. އެހާވަރަށް މިއުވާން ބަލާތީ އެލީޝާ އިނީ އުނދަގޫވެފައެވެ.

ކައިނިމުމުން އެލީޝާ ނުކުތީ އެގޭ ގޯތިތެރެއަށެވެ. އެވަގުތު އޭނާގެ ލޮލުގައި އަޅައިގަތީ އެގޭ ވަށާ ފާރުކައިރީގައި ހައްދާފައި ހުރި ފިނިފެންމާ ގަހުގައި އަޅާފައި އިން ރަތްފިނިފެންމާތަކެވެ. އެލީޝާ އެގަސް ކައިރިއަށް ގޮސް އެމާތަކުން ވަސްބަލާލިއެވެ. އެއަށްފަހު މާތަކާއެކު ސެލްފީއެއް ނަގާލިއެވެ.
“ހާދަ ވަރަކަށް….” އެވަގުތު އެތަނަށް އައި ކަރަމްއަށް މިމަންޒަރު ފެނުމުން ބުނެލިއެވެ.
“މީ…. މި މާތައް ރީތިކަމުން….” އެވަގުތު އެތަނަށް ކަރަމްއަށް އާދެވުނީތީ އެލީޝާ ހުރީ ރަކިވެފައެވެ.
“އެހެންތަ…؟؟؟؟ ރަނގަޅަށް ތިބުނީ…. ތިމާތައް ވަރަށް ރީތި…. އެކަމަކު އަހަންނަށް ތިމާތަކަށްވުރެ އެލީ މާރީތި….” ސީދާ އެލީޝާގެ މޫނަށް ބަލަހައްޓައިގެން ހުރެ ދެޖީބަށް އަތް ޖަހާލަމުން ލާނެއް ގޮތަކަށް ކަރަމް ބުނެލިއެވެ. ކަރަމް މިހެން ބުނުމުން އެލީޝާގެ މޫނަށް އެ ފިނިފެންމާތަކުގެ ކުލަ ވެރިވެގަތެވެ. އެލީޝާ ލަދުން އިސްޖަހާލީ ކަރަމް ބަލަހައްޓައިގެން ހުރިގޮތަކުން އޭނާއާއި ކުރިމަތިލާން ނުކެރިގެންނެވެ.

ހަވީރުގެ ވަގުތެވެ. ކިޔާރާ އިނީ ޓީވީ ބަލާށެވެ. އެވަގުތު އެތަނަށް އައިމަންއައެވެ.
“ސާބަސް މީނދަ އަންހެން ކުއްޖަކަށް….” ކިޔާރާ ގާތު ސޯފާގައި އިށީންނަމުން އައިމަން ބުނެލިއެވެ. “ކިހިނެއްވީތަ….؟؟؟؟” ޓީވީއަށް ބަލަހައްޓައިގެން އިނދެ ކިޔާރާ ބުނެލިއެވެ.
“ކިހިނެއްހޭ ވީ…؟؟؟ އެހެންމީހުން މިކަހަލަ ރަށަކަށް އާދެވުނީމަ ބަލަނީ ރަށުގެ ތަންތަން ބަލާލާ ހިނގާލާ ހަދާލެވޭތޯ…. އެކަމަކު ކަމަނާ ތި އިންނެވީ ޓީވީ ބެލޭތޯ….” ކިޔާރާ އަތުން ޓީވީގެ ރިމޯޓް އަތުލުމަށްފަހު ޓީވީ ނިއްވާލަމުން އައިމަން ބުނެލިއެވެ.
“ކޮބާތަ އެހެންމީހުން…؟؟؟ އައިމަން ކީއްވެ އެމީހުންނާ އެކީ ނުދިޔައީ….؟؟؟” އެހެންމީހުން ފެންނަން ނެތުމުން ކިޔާރާ އަހާލިއެވެ.
”އެމީހުންވީ ކޮންމެވެސް ތަނެއް ބަލާލަން ގޮސް…. ކިޔާ އެކަނި ބައިންދާފަ ދާންވާތީ އަހަރެން ނުދިޔައީ…. އަހަރެން ކިޔާއާއި ދޭތެރޭ މިވަރަށް ވިސްނާއިރުވެސް ކިޔާ އަހަންނާ ދޭތެރޭ ވިސްނާވެސް ނުލާ…. އަހަރެން އެތާ ބޭރުގަ އިނދެ އިނދެ ފޫހިވެގެން ގޮސް ކުރާނެ ކަމެއް ނޭނގިގެން މިއައީވެސް... ޕްލީޒް ހިނގާބަލަ އަހަންނާއި އެކީ ހިނގާލަން ދާން….” އައިމަން ކުޑަކުދިން ހަދާހެން އަނގަކޮޅު ހަދާލަމުން މިހެން ބުނުމުން ކިޔާރާ ހޭންފެށިއެވެ.
“މި އައިމަންގަނޑު އައިއްސިއްޔާ ކޮންމެވެސް އެއްޗެކޭ ކިޔާފަ ނޫނީ ކޮންމެވެސް މަޖާ ކަމެއް ކޮށްލާފަ ހެއްވާލާނެ…. ނުހޭން އިނަކަސް ކޮންޓްރޯލްއެއް ނުކުރެވޭނެ….” އައިމަންގެ ކޮނޑުގައި ޖަހާލަމުން ކިޔާރާ ބުނެލިއެވެ.
“ކިޔާ އަބަދު މޫޑީ ވެފަ އިންނާތީ ހެއްވާލާށޭ އެހެން މި ހަދަނީ…. އެލީ ބުނީ ކިޔާ އަކީ ކުރީގަ އަބަދު ތި ފެމިލީ އެންމެން ހެއްވާލާ އަބަދުވެސް ހިނިތުންވެލައިގެން ހުންނަ އުފާވެރި ކުއްޖެކޯ…. އެކަމަކު ބަލާބަލަ މިހާރު ތި އިންނަ ގޮތް…. މީހުންނާ ވާހަކަ ދައްކަނީވެސް ނިކަން މަދުން…. ހީލާނީވެސް މިކަހަލަ މަޖާކަމެއް ކޮށްލިއްޔާ….” އައިމަން މިވާހަކަ ފެށުމުން ކިޔާރާ ނިކަން ސީރިޔަސްކަމާއިއެކު އައިމަންއަށް ބަލާލިއެވެ.
އެހެންވީއިރު އައިމަން މިހާރު އަބަދު އަހަރެމެންގެ ގެޔަށް އަންނަނީ ހަމައެކަނި އެލީގެ އެކުވެރިކަމުގައިތަ.؟؟؟ ނޫނީ….؟؟؟” ކިޔާރާ ބުނަން އުޅުން ޖުމްލަ މެދުކަނޑާލިއެވެ. އައިމަން ކިޔާރާއާއި ހަތަރުކަޅި ހަމަކޮށްލިއެވެ. އެއަށްފަހު ފުންނޭވާއެއް ބޭރުކޮށްލިއެވެ.
“ހަގީގަތަށް ބުނަންޏާ އަހަރެން ތިގެއަށް ދަނީ ހަމައެކަނި އެލީގެ އެކުވެރި ކަމުގައެއް ނޫން… ކިޔާ ރުޅިއަޔަސް މިއަދު އަހަރެން ކިޔާއަށް މިވާހަކަ ކިޔައިދެން ބޭނުން....”
"އަހަންނަށް ކިޔާ ފުރަތަމަ ފެނުން ދުވަހުވެސް ކިޔާ ވަރަށް ކަމުދިޔަ…. އެދުވަހު ކިޔާގެ ލައިފްގެ ހާލަތު އެނގުމުން އަހަރެން ވަރަށް ދެރަވި… ކިޔާއަށްޓަކައި އަހަރެންގެ ހިތުގައި ހަމްދަރުދީ އުފެދުނު... އެހަމްދަރުދީ ލޯތްބަށް ބަދަލުވީ ހުދު އަހަންނަށްވެސް ނޭނގި…. އަހަރެން ކިޔާދެކެ ވަރަށް ލޯބިވޭ…. އަހަރެން ކިޔާދެކެވާ ލޯބީގެ ބާރުގަދަކަމުން އެހާ ގިނައިން ތިގެއަށްވެސް ދެވެނީ…. ކިޔާ ފެނުނީމަ އަހަރެންގެ ހިތަށް ލިބޭ ފިނިކަން ބަޔާންކޮށްދޭނެ ގޮތެއްވެސް އަހަންނަކަށް ނޭނގޭ… މިވާހަކަ ދައްކަން އަދި މާ އަވަސްކަންވެސް އިނގޭ… އެކަމަކު އަހަރެން ވަރަށް ބޭނުން ކިޔާ އިއްދައިގެ ދުވަސް ހަމަވުމުން ވީހާވެސް އަވަހަކަށް ކިޔާ ގަބޫލިއްޔާ ކިޔާއާއި މެރީކުރަން…. ކިޔާ އަހަންނާ މެރީކުރަނަންތަ….؟؟؟” އައިމަން މިހުރިހާ ވާހަކައެއް ދެއްކިއިރުވެސް ކިޔާރާ އިނީ އިސްޖަހާލައިގެންނެވެ. އަނގައިންވެސް ނުބުނެއެވެ.
“ކިޔާ… ކީއްވެ އެއްޗެކޭ ނުބުނީ…؟؟؟ ބުނެބަލަ…. "އަހަންނާ މެރީ ކުރާނަންތަ…؟؟؟” ކިޔާރާގެ ދަތްދޮޅީގައި ހިފައި މައްޗަށް އުފުލާލަމުން އައިމަން އަހާލިއެވެ. ކިޔާރާ އައިމަނަށް ބަލާލިއެވެ.
"އަހަރެން އެބަ އަންނަން ރެޑީ ވެލައިގެން… ހިނގާލަން ދާން….” އައިމަންގެ ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި މިހެން ބުނެފައި ކިޔާރާ ދިޔައީ ކޮޓަރިއާއި ދިމާއަށެވެ. އައިމަންގެ ސުވާލަށް ޖަވާބު ނުދިން ކަމުގައިވިޔަސް ހިނގާލަންދާން ރެޑީވާ ވާހަކަ ބުނުމުން ކިޔާރާ އައިމަންދެކެ ރުޅިނާންނަކަން އައިމަންއަށް ޔަގީންވުމުން ހިތަށް ހަމަޖެހުމެއް ލިބިގެން ދިޔައެވެ.

ހިނގާލަންގޮސްފައި އައިސް އެލީޝާ ގޭ ކައިރި ބޭރުގައި މަޑުކޮށްލީ އެގެއަކީ އަތިރީގައި ހުންނަގެއަކަށް ވުމުން އިރުއޮއްސޭ މަންޒަރު ބަލާލާފައި އެތެރެއަށް ވަނުމަށެވެ. އެލީޝާ ބޭރުގައި މަޑުކުރުމުން ކަރަމްވެސް އެލީޝާގެ ގާތު ބޭރުގައި މަޑުކޮށްލިއެވެ. އެހެންމީހުން ވަނީ އެތެރެއަށެވެ. މިއުވާން އިނީ އެގޭގެ ވަށައިގެން ނަގައިފައިވާ ތިރި ފާރުބުރިމަތީގައެވެ. އެލީޝާމެން ފެންނަ ހިސާބުގައެވެ.
" އަންހެންކުދިން ނުވާނެ އިރުއޮއްސޭގަޑީގަ އަތިރިމަތީ ހުންނާކަށް...." ކަރަމް މިހެން ބުނުމުން އެލީޝާ ކަރަމްއަށް ބަލާލިއެވެ. އެއަށްފަހު އަނެއްކާވެސް އިރުއޮއްސޭ ދިމާއަށް ބަލާލިއެވެ.
“އަދިވެސް އަހަރެންދެކެ ރުޅިއައިސްފައިތަ…؟؟؟” ކަރަމް އަހާލިއެވެ. އެލީޝާ އެއްވެސް ޖަވާބެއް ނުދީ އެހުރިގޮތަށް ހުރީއެވެ. އެލީޝާގެ މި ހިމޭންކަމުން ކަރަމްގެ ހިތުގެ އެންމެ ފުންމިނަށް އަސަރުކުރިއެވެ.
"ކަރަމް….” އެވަގުތު ތަންކޮޅެއް ދުރުން ދުވެފައި އައި އންހެން ކުއްޖަކު އައި ގޮތަށް އައިސް ހިފީ ކަރަމްގެ އަތުގައެވެ. ކަރަމްގެ އިތުރުން އެލީޝާވެސް އެކުއްޖާއަށް ބަލާލިއެވެ. މިމަންޒަރު ފެނުމުން ދުރުގައި އިން މިއުވާނަށް އިންތަނުން ތެދުވެވުނެވެ.
“ކަރަމް ކޮން އިރަކު މިރަށަށް އައީ…؟؟؟؟ ފަހުން ހާދަ ވަރަކަށް ކަރަމްގެ ފޯނަށް ގުޅީމޭ…. ކަރަމް ފެނޭތޯވެސް ވަރަށް ބެލިން… ފިލައިގެން ދޯ އުޅުނީ….” މިހުރިހާ ވާހަކައެއް ދެއްކިއިރުވެސް އެކުއްޖާހުރީ ކަރަމްގެ އަތުގައި ހިފާލައިގެންނެވެ. އެލީޝާއަށް ބަލާލެވުނީ ކަރަމްގެ މޫނަށެވެ. އޭރު ކަރަމްހުރީ އެކުއްޖާގެ މޫނަށް ބަލަހައްޓައިގެންނެވެ. މިމަންޒަރު ފެނުމުން އެލީޝާގެ ހިތް ނުބައި ގޮތަކަށް ތެޅިލިއެވެ.
“ހައި… ތީ ކިޔާ ދޯ… އަހަރެން މީ ކަރަމްގެ އެކްސް ގާރލްފުރެންޑް ނިހާ….” އެލީޝާއަށް އެއްޗެއް ނުބުނެވި އުޅެނިކޮށް ނިހާ އެލީޝާއާއި ސަލާމް ކޮށްލަމުން އަމިއްލައަށް ތައާރަފްވެލިއެވެ. އެލީޝާ ހީކުރީ ކަރަމް ނިހާއަށް އަރާފައިވާ އޮޅުން ފިލުވާދޭނެކަމަށެވެ. ނިހާގާތު އެއީ ކިޔާރާ ނޫން ކަމާއި ކަރަމްގެ އަނބިމީހާ ކަމުގައި ބުނާނެ ކަމަށެވެ. ނަމަވެސް ކަރަމް އެހުރިގޮތަށް ނިހާއަށް ބަލަހައްޓައިގެން ހުރީއެވެ.
އައިރުޅީގައި އެލީޝާ އެނބުރުނީ ގެއަށްދިޔުމަށްޓަކައެވެ. އެވަގުތު އެލީޝާއަށް ފެނުނީ ދެންމެ އެތާ ދެކެވުނު ވާހަކަ އަޑުއިވޭ ހިސާބު ތަންކޮޅެއް ދުރުގައި ހުރި މިއުވާންއެވެ. މިއުވާން ހުރީ އެލީޝާއަށް ބަލަހައްޓައިގެންނެވެ. އެލީޝާ މިއުވާނަށް ބަލާލުމަށްފަހު ގެއާއި ދިމާއަށް ހިނގައިގަތެވެ.
މިއުވާން ފަހަތުން އައިސް އެލީޝާއާއި އަރާ ހަމަކޮށްލިއެވެ.
“އެލީ އޭނަދެކެ ލޯބިވިޔަސް އޭނަ އެލީދެކެ ލޯބިވާހެނެއް ހިޔެއްނުވެ.... ދުވަސްކޮޅަކުން އޭނަ ގެއްލިދާނެހެން ހީވަނީ… އަދިވެސް ވަގުތު އެބައޮތް... އަހަރެން މިހުރީ އެލީ ހިތްފުރޭވަރަށް ލޯބިދެން ތައްޔާރަށް….” މިއުވާން ދަނޑިވަޅުގެ ބޭނުން ހިފިއެވެ.
“މިއުވާން ޕްލީޒް…. ތިވާހަކަ ހުއްޓާލަބަލަ.... އަހަރެންގެ މޫޑެއް ނެތް….” އެލީޝާ ހުރީ މިފަދަ ދަނޑިވަޅެއްގައި މިއުވާން އެކަހަލަ ވާހަކައެއް ފެށުމުން ހިތްހަމަ ނުޖެހިފައެވެ. ކަރަމް ފަސް އެނބުރި ބަލާލި ވަގުތު ފެނުނު މަންޒަރަކުން އޭނާގެ ނިއްކުރިއަށް ރޫއަރައިގެން ދިޔައެވެ. އެލީޝާއާއި މިއުވާން އެއްހަމައެއްގައި ކޮންމެވެސް ވާހަކައެއް ދައްކަމުން ދިޔައިރު އޭނާގެ އެތެރެހަށީގައި ރުޅިވެރިކަމުގެ އަލިފާން ރޯވެ އަނދަމުން ދަނީއެވެ.

ޖެހިގެން އައި ދުވަހުގެ މެންދުރުފަހެވެ. މިއުވާން ދިޔައީ އެރަށުގައި ހުރި އޭނާގެ އެކުވެރިއަކާއިއެކު ބޭރަށެވެ. ދެންތިބި މީހުން ދިޔައީ އަނެއް އަވަށް ބަލާލާށެވެ. ބޮލުގައި ރިއްސާތީ އެލީޝާ ނިދާލަން ބޭނުންވުމުން އެމީހުން ދިޔައީ އެލީޝާ ނުލައެވެ.
އެލީޝާއަށް ހޭލެވުންއިރު ގޭތެރެ އޮތީ ވަރަށް ހަމަހިމޭންކޮށެވެ. ތެދުވެ މޫނުދޮވެލައިގެން ކުޑަކޮށްރީތިވެލައިގެން އެލީޝާ ބޭރަށް ނުކުތީ ރީތި ވައިޖެހޭތީ ފިނިކޮށްލާށެވެ. މަޑު ހިނގުމެއްގައި އެލީޝާ މިސްރާބު ޖެހީ ގޭ ކުރިމަތީ އަތިރިމަތީގައި ހުރި ގަހެއްގެ ހިޔަލުގައި ހުރި ޖޯއްޔާ ދިމައަށެވެ. އެވަގުތު އިސްއުފުލާލުމާއިއެކު އޭނާއަށް ހުއްޓުން އެރީ ކުރިމަތިން ފެންނަން ހުރި މަންޒަރުންނެވެ. ޖޯލިފަތީގައި އެތިބީ ކަރަމްއާއި ނިހާއާއި ނޫން ދެވަނަ އެހެން ބައެއް ނޫނެވެ. ވަގުތުން އެލީޝާގެ ދެލޯ ފެންކަޅިވިއެވެ. ކަރަމްމެނަށް ފެނުމުގެ ކުރިން އޭނާ ބެނުންވީ އެތަނުންދާށެވެ. ގައިގައި ހުރި ބާރެއްލާފައި އެލީޝާ ދުއްވައިގަތީ ތަނެއްދޮރެއް ނުބަލައެވެ. ކަރުނައިގެ ސަބަބުން ދެލޯވަނީ ފުސްވެފައެވެ. ކުޑަތަންކޮޅަކަށް ދެވުނުތަނާ އެތާއޮތް ގަހެއްގެ މުލުގައި އަޅައިގެންފާ އެލީޝާ ވެއްޓުނެވެ. މިއަޑަށް ކަރަމްއާއި ނިހާ އެދިމާ ބަލާލިއެވެ.
އެލީޝާ ވެއްޓިފައި އޮތްތަން ފެނުމުން ކަރަމް ހިނގައިގަތީ އެލީޝާގެ ގާތަށް ދިޔުމަށްޓަކައެވެ. ނަމަވެސް އޭނާގެ ފިޔަވަޅަށް ހުއްޓުންއެރީ މިއުވާން އައިސް އެލީޝާ ނެގުމަށްފަހު އޭނާ ގޮވައިގެން ގެއާއި ދިމާއަށް ހިނގައިގަތުމުންނެވެ.
"އެއްވެސް ތާކަށް ތަދުވޭތަ.؟؟؟” އެލީޝާ ސޯފާގައި ބައިންދަމުން މިއުވާން އަހާލިއެވެ. ދެލޯ ފުހެލަމުން އެލީޝާ ދެފަރާތަށް ބޯ ހޫރާލީ ނޫނެކޭ ބުނުމަށެވެ.
“އެލީ ތިބުނަނީ އެވަރުގެ މީހެއްދެކެ އެލީ ލޯބިވާ ވާހަކަތަ.؟؟ އޭނ…؟؟؟ އެލީއަށް ކޮންމެ ގޮތެއްވިޔަސް އޭނައަށް ހެޔޮ އެކުއްޖާގަނޑުގާތުގައި އިނދެވިއްޖެއްޔާ….” އިސްތަށިގަނޑުގެ ތެރެއަށް އަތްމަހާލަމުން މިއުވާން ބުނެލިއެވެ.
“މިއުވާން ޕްލީޒް… ކަރަމްއޭ ކިޔައިގެން ތިކަހަލަ ވާހަކަ ނުދައްކާ…. ހެޔޮނުވާނެ….” އަނެއްކާވެސް އެލީޝާއަށް ރޮވުނެވެ. “އެލީ ހިތާމަކުރާތަން ބަލާކަށް އަހަންނެއް މަޑުންނެއް ނުހުންނާނަން….” މިހެން ބުނެފައި މިއުވާން ދިޔައީ ބޭރަށެވެ. އެއްވެސް ތާކަށް ތަދުވޭތަ.؟؟؟” އެލީޝާ ސޯފާގައި ބައިންދަމުން މިއުވާން އަހާލިއެވެ. “ދެލޯ ފުހެލަމުން އެލީޝާ ދެފަރާތަށް ބޯ ހޫރާލީ ނޫނެކޭ ބުނުމަށެވެ. “އެލީ ތިބުނަނީ އެވަރުގެ މީހެއްދެކެ އެލީ ލޯބިވާ ވާހަކަތަ.؟؟ އޭނ…؟؟؟ އެލީއަށް ކޮންމެ ގޮތެއްވިޔަސް އޭނައަށް ހެޔޮ އެކުއްޖާގަނޑުގާތުގައި އިނދެވިއްޖެއްޔާ….” އިސްތަށިގަނޑުގެ ތެރެއަށް އަތްމަހާލަމުން މިއުވާން ބުނެލިއެވެ. “މިއުވާން ޕްލީޒް… ކަރަމްއޭ ކިޔައިގެން ތިކަހަލަ ވާހަކަ ނުދައްކާ…. ހެޔޮނުވާނެ….” އަނެއްކާވެސް އެލީޝާއަށް ރޮވުނެވެ. “އެލީ ހިތާމަކުރާތަން ބަލާކަށް އަހަންނެއް މަޑުންނެއް ނުހުންނާނަން….” މިހެން ބުނެފައި މިއުވާން ދިޔައީ ބޭރަށެވެ. އެއްވެސް ތާކަށް ތަދުވޭތަ.؟؟؟” އެލީޝާ ސޯފާގައި ބައިންދަމުން މިއުވާން އަހާލިއެވެ. “ދެލޯ ފުހެލަމުން އެލީޝާ ދެފަރާތަށް ބޯ ހޫރާލީ ނޫނެކޭ ބުނުމަށެވެ. “އެލީ ތިބުނަނީ އެވަރުގެ މީހެއްދެކެ އެލީ ލޯބިވާ ވާހަކަތަ.؟؟ އޭނ…؟؟؟ އެލީއަށް ކޮންމެ ގޮތެއްވިޔަސް އޭނައަށް ހެޔޮ އެކުއްޖާގަނޑުގާތުގައި އިނދެވިއްޖެއްޔާ….” އިސްތަށިގަނޑުގެ ތެރެއަށް އަތްމަހާލަމުން މިއުވާން ބުނެލިއެވެ. “މިއުވާން ޕްލީޒް… ކަރަމްއޭ ކިޔައިގެން ތިކަހަލަ ވާހަކަ ނުދައްކާ…. ހެޔޮނުވާނެ….” އަނެއްކާވެސް އެލީޝާއަށް ރޮވުނެވެ. “އެލީ ހިތާމަކުރާތަން ބަލާކަށް އަހަންނެއް މަޑުންނެއް ނުހުންނާނަން….” މިހެން ބުނެފައި މިއުވާން ދިޔައީ ބޭރަށެވެ. އެދިޔަގޮތަށްގޮސް މިއުވާން މަޑުކޮށްލީ ކަރަމްގެ ކުރިމަތީގައެވެ. ކަރަމްގެ އިތުރުން ނިހާވެސް ކޮޅަށް ތެދުވިއެވެ. “ކަލޭ ތިއުޅެނީ ކީކޭ ހިތަށް އަރައިގެންތަ…؟؟؟ މީހެއްގެ ފިރިއަކަށްވެހުރެ ތީތަ ކަލެއަށް އުޅެން އެނގުނު ގޮތަކީ….؟؟؟” ކަރަމްގެ ގަމީހުގެ ގިރުވާނުގައި ހިފަމުން މިއުވާން މިހެން ބުނުމުން ދެލޯ ބޮޑުކޮށްލަމުން ނިހާއަށް ބަލާލެވުނި ކަރަމްއާއި ދިމާއަށެވެ.
"މިއުވާން ކިހިނެއްވެގެންތަ ތި އުޅެނީ…؟؟؟ ގަޔަށް ބޮލަށް ނާރަބަލަ...." މިއުވާން ދުރަށް ކޮށްޕާލަމުން ކަރަމް ބުނެލިއެވެ.
“ގަޔަށް ބޮލަށްވެސް އެރޭނެ… ކަލޭ ނުޖެހޭނެ ހިތު ހުރިހާ ގޮތެއް އެލީއަށް ހަދާކަށް… ކަލޭ ތި ގޮތަށް އުޅެން ބޭނުންވާ ކަމުގައިވަންޏާ އެލީ މިނިވަން ކުރޭ… އަހަރެން އޭނަ އުފަލުގަ ގެންގުޅެފާނަން…. އޭނަ އެކުރާ ހިތާމަ ބަލާކަށް އަހަންނަކަށް ކެތެއް ނުވާނެ….” މިއުވާން މިހެން ބުނި ވަގުތަކީ އަޑުގަދަވެގެން އެލީޝާވެސް އެތަނަށް އައިވަގުތެވެ. އޭރުވެސް އޭނާގެ ލޮލުގައި ސާފުކަރުނައިގެ އަސަރު ފެންނަން ހުއްޓެވެ. ކަރަމްއަށް އެލީޝާ ފެނުމުން އެލީޝާގެ ގާތަށް ދިޔައެވެ.
“އެލީ ވަރަށް ބޮޑަށް ސޮރީ…. އެލީއާއި މެރީކޮށްގެން އަހަންނަށް އެލީއަށް މިދެވުނީ ވަރަށް ބޮޑު ހިތްދަތިކަމެއް… އަހަރެން އެލީ ދެކެ ވަރަށް ލޯބިވޭ…. ދުވަހަކުވެސް މިވަރަކަށް އެއްވެސް އިންސާނަކު އެހެން އިންސާނަކުދެކެ ލޯބިވާނެކަމެއް ނޭނގެ… އަހަރެން އުއްމީދުކުރީ ކޮންމެވެސް ދުވަހަކުން އަހަންނަށް އެލީގެ ލޯބި ލިބޭނެކަމަށް… އެކަމަކު މިއަދު އެނގިއްޖެ އެއީ ވާނެކަމެއް ނޫންކަން…. މާލެ ދެވުނުހާ އަވަހަކަށް މަންމަމެންގާތު ވާހަކަ ދެއްކުމަށްފަހު އެލީ މިނިވަންކުރުމުގެ ކަންތަކައިގެން އަހަރެން އުޅޭނަން… އަހަންނަށް އެލީގެ ލޯބިނުލިބުނަސް އަހަރެން ބޭނުންވަނީ އެލީ އަބަދުވެސް އުފަލުގައި ހުންނަން... އެލީގެ އުފާތައް ގުޅިފައިވަނީ މިއުވާން އާ….” ކަރަމްއަކަށް އިތުރަކަށް ވާހަކައެއް ނުދެއްކުނެވެ. އޭނާގެ ދެލޮލުން ހޯސްލަފައި ކަރުނަ ފައިބާގަތެވެ. ކަރަމް އަވަސްއަވަހަށް ކަރުނަ ފުހެލުމަށްފަހު ރޮވިފައި ހުރި އެލީޝާއަށް ބަލާލިއެވެ. އެއަށްފަހު ފަސްއެނބުރި ހިނގައިގަތެވެ.
(ނުނިމޭ)
ކޮމެންޓު ކުރުމަށް
ޝުކުރިއްޔާ، ރިވިއު ކުރުމަށް ފަހު ޝާއިއު ކުރާނެ