ލިޔުންތެރިޔާ
ޝަޒް ޝަޒާ
ނެތޭ ބުނާނެ އެއްޗެއް
1 : ލިޔުނު ވާހަކަ
14 : ލައިކްސް
14 : ކޮމެންޓު
ލިޔުންތެރިޔާގެ އިތުރު ލިޔުންތައް
އިތުރު ލިޔުމެއް ނުފެނުނު!

އެ ދިރިއުޅުން (1) ވަނަ ބައި

1 ވަނަ ބައި (ނުނިމޭ)
17 ނޮވެމްބަރ 2015
8
ހަގީގީ
މި ވާހަކަ އަކީ ހަޤީގީ ހާދިސާއެއްގެ މައްޗައް ބިނާކޮއް ލިޔެފައިވާ ވާހަކަ އެކެވެ. އަދި މިއީ އަޅުގަނޑުގެ ފުރަތަމަ ވާހަކަ ވެސް މެއެވެ. އުންމީދު ކުރަން ލްއިކް ވާނެ ކަމަށް.
**********************************************
ދުވަހަކީ ލ.އިސްދޫ ސްކޫލުގެ އަހަރީ އިނާމު ދިނުމުގެ ހަފްލާ ބާއްވަން ހަމަ ޖެހިފައިވާ ދުވަހެވެ. އަހަރެން ޔުނީފޯމް އަޅައިގެން ތައްޔާރު ވަމުން ދިޔައީ ޖަލްސާއަށް ދުއުމަށްޓަކައެވެ. އަހަރެންނަކީ އިސްދޫސްކޫލުން މިދިޔަ އަހަރު ގްރޭޑް 10 ނިންމި ދަރިވަރުންގެ ތެރެއިން ދަރިވަރެކެވެ. މިއަދުގެ ޖަލްސާ ވެގެން ދާނީ ދަރިވަރެށްގެ މަގާމުގަ ހުރެގެން އަހަރެން ނަށް ބައިވެރި ވެވޭނެ އެންމެ ފަހު ޖަލްސާ ކަމުން އަހަރެން ވަރަށް ރަންގަޅަށް ތއްޔާރު ވެލީމެވެ. ހިތްހަމަ ޖެހޭވަރަށް ތައްޔާރުވެ ނިމުމުން އަހަރެން ގަޑި ބަލާލީމެވެ. އޭރު ގަޑިޖެހެން ވަނީ އެންމެ ފަނަރަ މިނިޓަށް ވެފައެވެ. އޭރު އަހަރެންގެ ކޮއްކޮ ވެސް ތައްޔާރުވެގެން އައިސް ހުއްޓެވެ.
"ކޮއްކޮ، ކޮބާ މަންމަ؟ މިހާރު އެއޮތް ގަޑި ޖެހެނީ އެއްނުން." މަންމަ ފެންނަން ނެތުމުން އަހަރެން ކޮއޮކޮ އާއި ސުވާލު ކުރީމެވެ.
" މަންމަ އެބަހުއްޓޭ ބޭރުގަ ދޮންތި ނައިސް ގެން. ހިނގާބަށް އަވަހަށް ދާން." ކޮޮއްކޮ މިހެން ބުނުމުން އަހަރެން ބޭރަށް ދިއުމަށް މިސްރާބު ޖެހީމެވެ.
" މަންމާ.." މަންމަ ފެނުމުން އަހަރެން ބާރަށް ގޮވާލީމެވެ.
" ހާދައިރެކޭ ދޯ ދަރިފުރު ރީތިވާން ތި ނަގަނީ.؟ މަންމަ މިހާރު މިތާ ހުރެހުރެ ވަރުބަލި ވެއްޖެ." މަންމަ ލޯބިން އަހަރެންގެ ބޮލުގަ ފިރުމާފަ ބުނެލިއެވެ.
ޖަވާބުގަ އަހަރެން ހީލީމެވެ. އަދި މަންމަ އަތުގަ ހިފައިގެން ހިނގައި ގަތީމެވެ.
" ދޮންތި ހާދަ ފިނިވެފަ.؟ ބިރު ގަންނަނީ ދޯ.؟" އަހަރެން ގެ އަނެއްއަތުގަ ހިފާ ކުޑަކޮށް ފިތާލަމުން ކޮއްކޮ ބުނެލިއެވެ.
" ހުމްމްމް.. ވަރަށް ބިރު އެބަގަނޭ، ދޮންތި ގެ ލާސްޓޭ.. އެހެންވީމަ އޭ ބިރު ގަންނަނީ.. އަޅެ ކޮއްކޮ ބުނެބައް. ދޮންތި އަށް ލިބޭނެ ތަށް..؟" ސްކޫލާއި ކައިރި ވާވަރަކަށް އަހަރެން ގެ ހިތުގެ ތެޅުން އިތުރު ވަމުން ދިޔައެވެ.
" ކޯއްޗެއް؟" ސުވާލުގެ ނަޒަރަކުން އަހަންނައް ބަލާލަމުން ކޮއްކޮ ސުވާލު ކުރިއެވެ.
" ސާބަސް އިނގޭ.. ހެހެހެހެ.. ސުކޫލުގެ އެންމެ މޮޅު ދަރިވަރުގެ ވާހަކަ މި ދައްކަނީ.. ދޮންތި އަށް ލިބޭނެ ހެން ހީވޭތަ.؟ އަހަރެން ކޮއްކޮ އާއި ސުވާލު ކުރީމެވެ.
" ހީވަނީ އެއް ނޫން.. ކޮއްކޮ އައް ޔަގީން.. ސަތޭކަފަސް ޕަސެންޓް.. ހެހެހެހެ.."
"މި ކޮއްކޮ އުޅޭނީ އަބަދު މަޖާ ނުކުރެވިގެން.. " އަހަރެން ރުޅިއައި ކަމަށް ހަދައިގެން ބުނެލީ މެވެ.
" އަޅެ މަންމަ ބުނެބައް.. އަޅުގަނޑު އަށް ލިބޭނެ ދޯ" ކުޑަކުއްޖެއް ފަދައިން އަހަރެން މަންމަ އާއި ސުވާލު ކުރީމެވެ.
" މަންމަ ވެސް ދޭނީ ސަތޭކަފަސް ޕަސެންޓް.. ހެހެހެ " މަންމަ ކޮއްކޮ އާއި އެއްބައިވެ އަތް ޖަހާލި އެވެ. އަހަރެން ތުން ދަމައިގެން މަންމަ ގެ އަތުން ދޫކޮއްފަ ބާރަށް ހިނގަން ފެށީމެވެ.
" ތުންދަމައިގެން ހުރެގެން ތަ ސުކޫލަށް ވެސް ވަންނަނީ..؟" ބެލް ޖެހި އަޑު އިވުމާ އެކު ކޮއްކޮ އަނެއްކާ ވެސް އަހަރެން ނާ ދިމާ ކޮއްލި އެވެ. ކޮއްކޮ ބޮލުގަ ފުއްޓަތްކެއް ޖަހާލުމަށް ފަހު އަހަރެން އެތެރެއަށް ވަންނަން ހިނގައި ގަތީމެވެ.
ކީރިތި ޤުރުއާނުގެ ބަރަކާތުން ޖަލްސާ ފެށިގެން ދިޔައެވެ. އެއަށް ފަހު ޖަލްސާ ތައާރަފް ކުރުމަށް ޓަކާ ދެ ކުއްޖަކު ސްޓޭޖަށް އެރި އެވެ. ފުރަތަމަ އޮތީ އިއްޒަތްތެރި މެހެމާނުގެ ވާހަކަ ފުޅު ދެއްކެވުމެވެ. އިނާމް ދިނުން އޮތީ އެއައް ފަހުގަ އެވެ.
ގިނައިރު ތަކެއް ނުވެ އަހަރެން އިންތިޒާރް ކުރަމުން އައި ވަގުތު ޖެހިއްޖެ އެވެ. އެކި އެކި މަގާމަ ތަކަށް ހޮވިފައި ވާ ދަރިވަރުން ނަށް އިނާމް ހަވާލު ކުރެވެމުން ދިޔައެވެ.
(ނުނިމޭ)
ވާހަކަ ހާއްސަ ކުރަނީ މިވާހަކަ ހާއްސަ ކޮއްލާނީ އަޅުގަނޑުގެ އެންމެ ލޯބިވާ ކޮައްކޮ ޝިޒޫ އަށް
ކޮމެންޓު ކުރުމަށް
ޝުކުރިއްޔާ، ރިވިއު ކުރުމަށް ފަހު ޝާއިއު ކުރާނެ