ލިޔުންތެރިޔާ
ފަޒްނާ
ވާހަކަ ލިޔާ ހިތްވޭ!
6 : ލިޔުނު ވާހަކަ
50 : ލައިކްސް
47 : ކޮމެންޓު
ލިޔުންތެރިޔާގެ އިތުރު ލިޔުންތައް

ﷲ މަތިން ހަނދުމަކުރުން (5) ވަނަ ބައި

5 ވަނަ ބައި (ނުނިމޭ)
19 ސެޕްޓެމްބަރ 2015
3
ބިރުވެރި
ެ. އަހަރެންގެ މޫނު ދަލުން ފެންވެރިއްޖެ އެވެ. މުޅި މީހާ ތުރުތުރު އަޅާވަރުން ހީވަނީ ޖައްސާފައިވާ އިންޖީނެއް ހެންނެވެ. ދެންވެސް ފެންނަންފެށީ އަހަރެން އެންމެ ބިރުގަންނަ ޒާތުގެ ޖަނަވާރުންނާއި ސޫތްޕެވެ. އެކިއެކި ސިފަސިފާގަ އެވެ. އެންމެ ބިރުގަތީ ހުރިހާ އެއްޗެއްގެ މިޝްރާބަކަށް އަހަރެން ވެފައިވާތީ އެވެ.
ދެފަޔަށް ލެވުނުހާ ބާރެއްލާފައި އަހަރެން ދުއްވާގަތީމެވެ. މަންޒިލަކަށް ވެފައި ވަނީ މިއަނިޔާވެރި ތަނުން ބޭރެވެ. ވަޤުޠު އޮތީ ވަރަށް ނާޒުކު ފައްތަރެއްގަ އެވެ. އޭރު އަހަރެންގެ ހޭ ހުރި ކަމެވެ. ދެތިން މިނެޓެއްގެ ތެރޭގައި އެތަނުން ނިކުމެވިއްޖެ އެވެ. މިހާރު އަހަރެންނަށް މިހުރެވުނީ ހުދު އަލީގެ ތެރޭގަ އެވެ. ހުއްޓުން އަރާފައި އެތައްއިރެއްވާންދެން އަހަރެން ހުރީމެވެ. ތަނުގެ އަލިކަން މަޑުމަޑުން ފަނޑުވަމުން އަންނަކަން އަހަންނަށް ފާހަގަ ކުރެވުނެވެ. ހިތުގެ ތެޅުމަކަށް ކުޑަވެސް ބަދަލެއް ނާދެއެވެ. ވަޤުތުގެ ނާޒުކުކަމުން އަހަރެން ހިނގާގަތީ ފެހި ކުލައިން އަލިވެފައިވާ ދިމާލަށެވެ. ޝައްކާއި ވަހުމުން އަހަރެންގެ ހިތް ބަންޑުންވާވަރު ވެއެވެ. ރަތް އަލީގެ ތެރެއާއި ޚިލާފަށް އަހަންނަށް މިތަން އިޙްޞާޞް ކޮށްލެވުނީ މުޅިން ތަފާތު ކޮށެވެ. ތަނުގެ ދެފަރާތުގައި ހުރި ދެމޭޒަކާއި، ތަނުގެ ވަށައިގެން ދަމާފައިވާ ފެހި ކުލައިގެ ތުނި ފަށުވި ފޮތިގަނޑު ފިޔަވައި މުޅިތަން އޮތީ ހުސްކޮށެވެ. ބިންމަތީ ޖަހާފައިވަނީ ސަންގުމަރުމަރު ހިލަ ފާޑަކަށްދާ ހިލައެކެވެ. ދެމޭޒުގައިވެސް ކޮންމެވެސް ސާމާނުތަކެއް އެބަހުއްޓެވެ. އަހަރެން މިފަހަރު ފުރަތަމަ ޚިޔާރުކުރީ ކަނާތްފަރާތުގައި ހުރި މޭޒުކައިރިއަށް ދިޔުމަށެވެ. އެމޭޒުމަތީގައި ހުރިތަކެއްޗަށް ފަރުވާތެރިކަމާއެކު ބެލީމެވެ. ކޮއްޓެއްގައި ހައްޔަރުވެ ތިބި ދެ ދޫންޏާއި، ހިރަފުސް އަރާފައި އޮތް ބޮޑުގަޑިއެކެވެ. ކޮށީގައި ދަނޑިކޮޅަކުން ހަދާފައިވާ ހެއްލޭ އުނދޯއްޔެއް ވެއެވެ. އިރުކޮޅަކާ އިރުކޮޅަކާ ފަހަރަކު ދޫންޏެއް ދަނޑިކޮޅަށް އަރާ ފައިބަމުން ދެއެވެ. ރޭގަނޑާއި ދުވާލުގެ މިސާލުގަ އެވެ. ގަޑީގެ ކަށީގެ އަޑު އިވިއިވި ހުއްޓެވެ. ވަޤުޠުގެ މިސާލުގަ އެވެ. މީގެ މާނަ އަހަންނަށް ވަރަށް ފަޞޭޙައިން ނަގާގަނެވިއްޖެ އެވެ. މިއީ ދުނިޔެ ދައުރުވަމުންދާ ގޮތެވެ. އަދި ވަޤުޠުތައް ފާއިތުވެ ދާގޮތުގެ ފުރިހަމަ މިސާލެކެވެ.
އަނެއްފަރާތަށް ދާން އެނބުރިލި ތަނާ ހަމަ މިމޭޒުން އެއްޗެއް ލޮލުގައި އަޅައިގަތެވެ. އެއީ ފަތްޖަހާފައިވާ ދެ ކަރުދާސްކޮޅެވެ. މަޑުމަޑުން، ނަމަވެސް ހިތްއަވަސްވެފައިވާ ޙާލު، ފަހަރަކު ކަރުދާސް ކޮޅެއް ނިޔުޅާލީމެވެ.
ސުވާލު އުފެދުނީ އެހިސާބުންނެވެ. އެއް ކަރުދާސް ކޮޅުގައި ވަނީ " الحلو" (މާނައީ: ފޮނި) މިހެންނެވެ. އަނެއް ކަރުދާސްކޮޅުގައި ވަނީ " المر" (މާނައީ: ހިތި) މިފަދައިންނެވެ. ދޭހައެއްނުވި އެވެ. އެއީ ދުނިޔޭގައި ދިމާވާ އުފަލާއި ހިތާމަކަމަށް ހީވެވުނެވެ. ޔަޤީނެއް ނޫނެވެ. އެންމެފަހުން ދެވަނަ މޭޒު ކައިރިއަށް ދިޔައީމެވެ. އެތަނުން ފެނުނީ ރޯކޮށްފައިވާ އުއްބައްތި އަކާއި ފެން ޖަގެކެވެ. އިނގިރޭސި ބަސްފޮތެއްގެ ގާތްގަނޑަކަށް ފަސްގުނަ ބޯ ފޮތެއްވެސް އޮތެވެ. ހީވާގޮތުން މިއީ މީހަކު ލިޔަން އިންނަ މޭޒެކެވެ. ދޫނިފަތަކުން ހަދާފައިވާ ލިޔާ ޤަލަމެއްވެސް ފޮތް މަތީގައި އޮތެވެ. އަހަރެން އެފޮތް ހުޅުވާލުމަށް މަސައްކަތް ކުރީމެވެ. ނަމަވެސް ހީވާގޮތުން އޭގައި ވަނީ ރޫޙާނީ ތަޅެއް ލެވިފައެވެ. އެއްގޮތަކަށްވެސް ހުޅުވޭގޮތެއްނުވި އެވެ. ގައިގެ ހުރިއްޔާ ހުރި ބާރެއް ފޮތަށް ހުސްކޮއްލީމެވެ. ކާމިޔާބެއް ނުވިއެވެ. ފޮތަށް ފަތުވާތެރިކަމާއެކު ބަލާލި ވަޤުޠު އޭގެ މެދެއްހާ ހިސާބުން ނިކުމެފައިވާ ކަރުދާސްކޮޅެއް އަހަރެންގެ ލޮލުގައި އަޅައިގަތެވެ. އަވަސްއަވަހަށް އެ ދަމާގަތީމެވެ. ލިބުނީ އިތުރު ޙައިރާންކަމެކެވެ. އޭގައިވެސް އޮތީ " الحلو" އަދި " المر" މިހެން ލިޔެފަ އެވެ. ދެރައީ އެބޯ ފޮތުގައި ވާ އެއްޗެއް ނޭނގޭތީ އެވެ. ކުޑަމިނުން އެފޮތް މިތަނުގައި އޮތް ބޭނުންވެސް އެއްގޮތަކަށްވެސް ނުވިސްނޭތީ އެވެ. ތަނަށްވެރިވެފައިވާ އަލިކަންވެސް ހިނދެއް ހިނދަކަށް ފަނޑުވަމުން ބާރު ދަށްވަމުން އަންނާތީ މިހާރު އަލީގެ މައްޗަށް އަނދިރި ބާރުފޯރުވާހެން ވެސް ހީވެ އެވެ. ފެހި ކުލައިގެ އަލި، ގަދަފެހި ކުލައަށް ބަދަލުވެއްޖެ އެވެ. އަހަރެންގެ ހިތުގެ ތެޅުން އަނެއްކާވެސް ގަދަވެއްޖެ އެވެ. ހަލުވި ބާރުމިނެއްގައި އަނދިރިކަން އަލިކަމުގެ މައްޗަށް ކުރި ހޯދައިފި އެވެ.
***********************************
ލަސްލަހުން އަހަރެން ލޯހުޅުވާލީމެވެ. ފަރަޙަ އަހަރެންނާ ދާދި ގާތުގައި އިނެވެ. އަހަރެން ވެއްޓުނަނުދީ ހިފަހައްޓައިގެންނެވެ. އަހަރެން ހުރީ މީގެ އިރުކޮޅެއް ކުރިން ހުރި ތަނުގަ އެވެ. ކޮޓަރީ ދޮރު ކައިރީގަ އެވެ. އަހަރެން ވަރަށް ޙައިރާންވި އެވެ. އަހަންނަށް ފެނުނީ ކުރު 'ވިޝަން' އެކެވެ. ނަމަވެސް ހާދަ ޙަޤީޤަތާ އެއްގޮތެވެ. ހީވީ ހަމަ ޙަޤީޤަތަށް ލޮލުގެ ކުރިމަތީގައި ފެނުނު ކަންތައް ތަކެއް ހެންނެވެ. ހުވަފެނުގެ އަސަރު އަދިވެސްނުފިލަ އެވެ. އެހެންކަމުން އެންމެ ފަހުން ކުޑަކޮށް ހަމަޖެހިލަން މަސައްކަތް ކުރަމުން ފަރަޙަ ގާތު އަހަރެންގެ ކާފަ ކޮބާތޯ އެހީމެވެ.
ފަރަޙަ އޯގާތެރިކަމާއެކު އަހަރެން ކޮއްޅަށްނެގި އެވެ. އަދި ކާފަ ދެން ނާންނާނެ ކަމުގައި ބުއްޏެވެ. ކާފަވީ ﷲގެ މާތް ރަޙްމަތްފުޅުން އެކަލާނގެ ހިޔާވަހިކަމުގައި ކަމަށްވެސް ކިޔާދިނެވެ.
އަހަންނަކަށް ކެތެއް ނުކުރެވުނެވެ. އަޑުން އަޑުނަގާ ރޯން ފެއްޓީމެވެ. އާއެކެވެ! '...މެންދުރު ވާންވާއިރަށް ވެސް ކާފަ ދުނިޔޭގައި ހުންނާނެ ކަމުގެ ޔަޤީންކަމެއް ނެތެވެ...' މިއީ ކާފަގެ ޖުމުލަ އެކެވެ. '...އަދި ދަރިފުޅު ވެސް މިއަދު މަރުނުވާނެކަމުގެ ޔަޤީންކަމެއް ކާފަގެ ނެތެވެ...' އާއެކެވެ! އަހަރެން މަރުވާނެ އިރެއް ނޭނގެ އެވެ! ހަމަ މިވަޤުތުވެސް މަރުވެދާނެ އެވެ.
އަހަރެން ރޮމުން ދިޔައިރު ފަރަޙަ ދިޔައީ އަހަންނަށް ނަޞޭޙަތް ދެމުންނެވެ.
'އެކުވެރިޔާ އެވެ! ކެތްތެރި ވާށެވެ! އަހަރުމެންގެ ތެރެއިން ކޮންމެ މީހަކީވެސް މަރުގެ ރަހަ ލިބިގަންނާނެ މީހެކެވެ. މައްޔިތާގެ މައްޗަށް ހެޔޮ ދުޢާ ކުރުމަކީ ދިރިތިބީންގެ މައްޗަށް އޮންނަ ކަމެކެވެ. ކާފަ ކުރިމަތީގައި ރޯނަމަ، އޭގެ އަސަރު ކާފައަށް ވެސް ކުރާނެ އެވެ.
'ރަޙްމަތްތެރިޔާ އެވެ! ހިތްހަމަ ޖެހޭށެވެ! ﷲގެ އޯގާވެރި ރަޙްމަތްފުޅުން ތިބާގެ ކާފައަށް ސުވަރުގެ ލިބޭ ހުއްޓެވެ. ކިހާ މަތިވެރި ނިޢުމަތެއްތޯ އެވެ؟ ބަރުޛަޚުގައި ކާފައަށް ﷲގެ އިރާދަފުޅާއި މިންވަރުފުޅުން އަރާމާއި އުފާ ޙާޞިލް ކުރެވޭނެ އެވެ.
'އަހަރެންގެ މިތުރާ އެވެ! ދެރަވާންވީ ކޮންކަމަކާ ހެއްޔެވެ؟ ކާފަގެ ނިމުން އެއައީ ކިހާ މަތިވެރިކޮށް ހެއްޔެވެ؟ ﷲގެ ކަލާމްފުޅު ކިޔަވާލަ ކިޔަވާލަ އޮއްވަ އެވެ. ކިހާ ބޮޑު ނަޞީބެއްތޯ އެވެ؟ ޢުމުރުގެ އެންމެ ފަހު ސިކުންތުކޮޅު ވެސް ތިބާގެ ކާފަގެ ދުލުން އެ ބޭރުވީ މާތްވެގެންވާ ކީރިތި ޤުރުއާނުގެ މޫރިތި އާޔަތްތަކެވެ...
'އޭ އަހަރެންގެ ލޮބުވެތި އަޚާ އެވެ! ދެންވެސް ކާފަގެ މައްޗަށް ހެޔޮދުޢާ ކުރާށެވެ! ތިބާގެ ކާފަގެ ހުރިހާވެސް މީހަކީ ތިއީ އެވެ. ތިހެން ހިތްވަރު އެލުވާލުމުން ވާނެ އެއްވެސް ފައިދާއެއް ނެތެވެ. ނުވެސް އޮންނާނެ އެވެ. ވީމާ ވަޤުޠު ބޭކާރު ކުރަނީ ކީއްވެގެން ހެއްޔެވެ؟ ﷲގެ ޙަޟްރަތުން އުންމީދު ކަނޑާލުމަކީ މުސްލިމުންގެ ޞިފައެއް ނޫނެވެ. ކާފައަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް ލެއްވުން އެދި ﷲގެ ޙަޟްރަތުގައި ދަންނަވާށެވެ. އަދި ތިބާގެ ކުށްތަކަށް އަވަހަށް ތަޢުބާވާށެވެ! ﷲ އީ އެންމެހާ އަޅުތަކުންގެ އިލާހުވަންތަ، ފާފަފުއްސަވާ، ރަޙީމްވަންތަ ރަސްކަލާނގެ އެވެ.'
(ނުނިމޭ)
ވާހަކަ ހާއްސަ ކުރަނީ މަންމަ، ބައްޕަ، ކޮއްކޮ، ކްލާސް ކުދިން.. އެންމެހައި މުސްލިމް އަޚުންނާއި އުޚުތުންނަށް
ކޮމެންޓު ކުރުމަށް
ޝުކުރިއްޔާ، ރިވިއު ކުރުމަށް ފަހު ޝާއިއު ކުރާނެ